twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑް ކޭސްތަކެއް ފެނި ނެއްލައިދޫ މޮނިޓަރިންގއަށް ލައިފި

Jan 8, 2022

ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ ހދ ނެއްލައިދޫއަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފި އެވެ.

އެރަށު ހެލްތް ސެންޓަރުގައި މަސައްކަތް ކުރާ ހަމައެކަނި ޑޮކްޓަރު ހިމެނޭހެން ފަސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ހުރިހާ އެންމެވެސް މިހާރު ކަރަންޓީނުކޮށްފައިވާއިރު ގުޅުން ހުރި ފަރާތްތަކުގެ ސާމްޕަލްތަކެއް ނަގައި ޓެސްޓްކުރުމަށް ވަނީ ފޮނުވާފަ އެވެ.

އެގޮތުން ޓެސްޓް ކުރުމަށް 42 ސާމްޕަލެއް ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފަ އެވެ.

ނެއްލައިދޫ މޮނިޓަރިންގއަށްލާފައިވަނީ މިއަދު ހަވީރު 17:14 ގަ އެވެ. އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ވަނީ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ރަށަށް އެރުން މަނާކޮށްފައިވާފައިވާ ކަމަށެވެ.

ނެއްލައިދޫ ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިޔާ އަހުމަދު ރަޝީދު ވިދާޅުވީ، ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރު ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުކުރިނަމަވެސް ކޭއާރުއެޗުގެ އެހީތެރިކަމާއެކު މިއަދުވެސް އޮންލައިންކޮށް ބަލި މީހުން ބަލާފައިވާ ކަމަށެވެ.

އަދި މާދަމާގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އިތުރު ޑޮކްޓަރަކު އެރަށަށް ބަލި މީހުން ބެލުމަށް ކުޅުދުއްފުށިން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހދ އަތޮޅުގެ ބައެއް ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު މި އަތޮޅުން ނެއްލައިދޫގެ އިތުރުން ނައިވާދޫވެސް އޮތީ މޮނިޓަރިންގގެ ހާލަތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355