twitterviber whatsapp telegramfacebookyoutube instagram
17th July 2026

ސްކޫލްތައް ބަންދުކުރާނީ ކޭސްތައް އިތުރުވާ މިންވަރަށް ބެލުމަށްފަހު: ޑރ ނަޒްލާ

ޚަދީޖާ އާދަމް
Jan 12, 2022
1

ސްކޫލުތައް ބަންދު ކުރާނީ އަދިވެސް ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހު ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އިއްޔެ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ އަމާޒަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާ ގޮތަށް ފިޔަވަޅުތައް ބައްޓަންކުރުން ކަމަށެވެ.

ނަމަވެސް މިދިއަ ދެ ދުވަހު ކޭސްތައް ވަރަށް ބޮޑަށް އިތުރުވި ކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ ސްކޫލުތައް ބަންދުކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މިވަގުތު ވެކްސިން ޕްރޮގްރާމުގެ ދަށުން 90 ޕަސެންޓް ދަރިވަރުން ވަނީ ވެކްސިންވެސް ފުރިހަމަކޮށްފައެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް 32،358 ދަރިވަރުން ފުރިހަމަކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355