twitterviber whatsapp telegramfacebookyoutube instagram
2nd October 2022

ކުޅުދުއްފުށީގެ އަދަދު 100 އިން މައްޗަށް

ނަބީލާ އިސްމާޢީލް
Jan 13, 2022
1

ކުޅުދުއްފުށީ ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 102 އަށް އަރައިފި އެވެ.

މިއަދު އަލަށް ޕޮޒިޓިވްވީ 27 މީހުންނެވެ. އެކަމަކު އެ ސާމްޕަލްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މިވަގުތު ކުޅުދުއްފުށީގެ އިތުރުން ހދ ގެ 7 ރަށެއްގައި ކޮވިޑް ކޭސްތައް ދަނީ ފެތުރެމުންނެވެ. ކުޅުދުއްފުށި ފިޔަވާ އެންމެ ގިނަ ކޭސް ފެނިފައިވަނީ ނޮޅިވަރަންފަރުންނެވެ.

ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް ކޮވިޑް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި ކޮވިޑްގެ އާ ސާޖެއް އުފެދޭނެ ކަމަށް މިއަދު އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން މުއްދަތު 10 ދުވަހަށް ކުޑަކޮށްދީފައިވާއިރު މި މަހު މެދެއްހާތާ ކޮވިޑް ބޫސްޓާ ޑޯޒް އާންމުންނަށް ޖަހަން ފަށާނެ ކަމަށްވެސް މިއަދު ވަނީ ސަރުކާރުން ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355