twitterviber whatsapp telegramfacebookyoutube instagram
20th August 2025

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ އަދަދު 270 އަށް

Jan 23, 2022

ކޮވިޑަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު ނިޔާގެ ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު 270 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 03:01 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ. އެއީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން ފެނުނު ކޭސްތައް ވަނީ 2،349 އަށް އަރާފައެވެ. މީގެ ތެރެއިން 1،325 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

އަތޮޅުތެރެއިން 681 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 54 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355