twitterviber whatsapp telegramfacebookyoutube instagram
6th September 2026

ރާއްޖެއިން އޮމިކްރޯންގެ 74 ކޭސް ފެނިއްޖެ

Jan 23, 2022

ކޮވިޑް-19ގެ އާ ވޭރިއެންޓް އޮމިކްރޯންއަށް ޕޮޒިޓިވް 74 ކޭހެއް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް އޮމިކްރޯނަށް ޓެސްޓް ކުރަން 3696 ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 74 ސާމްޕަލް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އޮމިކްރޯންއަށް ޓެސްޓު ކުރަން، 11 ޖަނަވަރީގައި ފޮނުވި ބެޗްގެ 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް އޮމިކްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަތޮޅުތެރޭގެ 11 ރަށަކުން އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ކަމަށެވެ.

ދެކުނު އެފްރިކާއިން އުފަންވެގެން ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް އާ ވޭރިއަންޓްގެ ސަބަބުން އެކި ގައުމުތަކުގައި އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355