twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Jan 31, 2022

ކޮވިޑަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ، މިއީ ކޮވިޑްގައި މިމަހު ރާއްޖޭން މަރުވި 11 ވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 95 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ 6:17 ގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ ރާއްޖޭން މި ބަލީގައި މަރުވި 276 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ މަތިވަމުންނެވެ. އެގޮތުން މިވަގުތު މުޅި ރާއްޖެއިން މިބަލި ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލި ޖެހިގެން 2,838 މީހުން ރިޕޯޓުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293