twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކޮމަންވެލްތް ގޭމްސްއަށް ރާއްޖެއިން ނެގި ސްކޮޑްގައި ކުޅުދުއްފުށީގެ ދެ އެތްލީޓުން!

މުޙައްމަދު އަހުމަދު
Mar 1, 2022

އިނގިރޭސި ވިލާތުގެ ބާމިންގްހަމްގައި މިއަހަރު އޮންނަ ކޮމަންވެލްތް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ނެގި ސްކޮޑްގައި ކުޅުދުއްފުށީގެ ދެ އެތްލީޓުން ހިމެނިއްޖެ އެވެ.

ކުޅުދުއްފުށީގެ ކުޅަދާނަ ދުވުންތެރިޔާ ހުސެއިން ރިޒާ މިސްކޮޑްގައި ހިމެނުނުއިރު ކުޅުދުއްފުށިން އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ އުމުރުން 17 އަހަރުގެ ރިފާ މުހައްމަދު ވެސް މިސްކޮޑްގައި ހިމެނެ އެވެ.

މާލޭ ޓްރެއިނިން ސެންޓަރުން ރިޒާ ހޮވުނުއިރު ރިފާ ހޮވުނީ ކުޅުދުއްފުށީ ޓްރެއިނިން ސެންޓަރުންނެވެ. ކުޅުދުއްފުށީގެ އެތްލީޓުން އެތްލެޓިކްސްގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު މިފަހަރުގެ ކޮމަންވެލްތް ގޭމްސްއަށް ކުޅުދުއްފުށީގެ އެތްލީޓުން ހޮވުމަކީ ވެސް ކުޅުދުއްފުށިން ރަނގަޅު އެތްލީޓުންތަކެއް ނުކުންނާނެކަން ދޭހަވާ ކަމެކެވެ.

ކޭއޯއަށް މައުލޫމާތުދެމުން ހުސެއިން ރިޒާ ބުނީ މިފަހަރުގެ ކޮމަންވެލްތް ގޭމްސްގައި އޭނާ ދުވާނީ 800 މީޓަރުގެ އިވެންޓެވެ. އަދި ރިފާ ދުވަނީ ކޮން އިވެންޓެއްގައި ނޭނގުނުނަމަވެސް ރިފާ އަކީ އާންމުކޮށް ކުރު ދުވުންތައް ޖަހާ އެތްލީޓެކެވެ. އޭނާ އާންމުކޮށް ޖަހަނީ 200 މީޓަރު ސްޕްރިންޓާއި 400 މީޓަރު ސްޕްރިންޓެވެ.

މިފަހަރުގެ ކޮމަންވެލްތް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ނެގި ސްކޮޑްގައި 12 ދުވުންތެރިން ހިމެނެ އެވެ. އެއީ މާލޭ ޓްރެއިނިން ސެންޓަރުގެ ސަރާ މައްސޫދު، އައިޝަތު ޝަބާ ސަލީމް، އިބާދުﷲ އާދަމް އަދި މާލޭ ޓްރެއިނިން ސެންޓަރުގެ ކުޅުދުއްފުށީ އެތްލީޓު ހުސެއިން ރިޒާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

އަދި ކުޑަހުސެން ސްޕޯޓްސްގެ މަރިޔަމް ރޫޔާ އަލީއާއި އައްޑޫ ޓްރެއިނިން ސެންޓަރުގެ އައިޝަތު ހިމްނާ ހަސަނާއި މަރިޔަމް އަލްހާ ހުސެއިންގެ އިތުރުން ދާންދޫގެ ޓްރެއިނިން ސެންޓަރުގެ އައިމިނަތު ލަޔާނާ މުހައްމަދާއި ތިނަދޫ ޓްރެއިނިން ސެންޓަރުގެ އިބްރާހިމް ނާހިލް ނިޒާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355