twitterviber whatsapp telegramfacebookyoutube instagram
4th April 2026

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުތައް މާދަމާ ފަށަނީ

މުޙައްމަދު އަހުމަދު
Mar 22, 2022

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު އަދި ޒޯން ބުރު ނިންމާލުމަށްފަހު ގަދަ 16 ގެ މެޗުތައް މާދަމާ ރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ކުޅޭނީ ޖުމްލަ 8 މެޗެވެ. މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޒޯން ތިނެއްގެ ޗެމްޕިއަން ގާފަރާއި ގއ. ކޮނޑޭ އެވެ.

ގަދަ 16 ހުރިހާ މެޗެއްވެސް މާދަމާ ކުޅެން ހަމަޖެހިފައިވާއިރު މާދަމާގެ މެޗުތަކަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާ ޓީމުތައް ޔަގީންވެގެންދާނެ އެވެ،

މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

ކ. ގާފަރު - ގއ. ކޮނޑޭ (21:15 - 20:15) (ގްރައުންޑް 1)

މާފަންނު - މ. ދިއްގަރު (21:15 - 20:15) (ގްރައުންޑް 2)

އދ. މާމިގިލި - ހުޅުމާލެ (22:15 - 21:15) (ގްރައުންޑް 1)

މާލެގަން - ށ. ކަނޑިތީމް (22:15 - 21:15) (ގްރައުންޑް 2)

ރ. ދުވާފަރު - ސ. ފޭދޫ (23:15 - 22:15) (ގްރައުންޑް 1)

ތ. ތިމަރަފުށި - އއ. މަތިވެރި (23:15 - 22:15) (ގްރައުންޑް 2)

ހއ. އިހަވަންދޫ - ދ. ކުޑަހުވަދޫ (00:15 - 23:15) (ގްރައުންޑް 1)

ގދ. ވާދޫ - ބ. އޭދަފުށި (00:15 - 23:15) (ގްރައުންޑް 2)

މިމުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދާ ޓީމުތައް މާދަމާ ކުޅޭ މެޗުތަކަށް ފަހު ޔަގީންވެގެންދާއިރު ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި މުޅި ޖުމްލަ 91 ޓީމަކުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355