twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޔޫއޭއީގެ ރައީސް އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ނަބީލާ އިސްމާޢީލް
May 14, 2022

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިހް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވާހަރަވުމާއި ގުޅިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ޝެއިޚް ޚަލީފާ އަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް އެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ. ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ. ރައީސް އޮފީހުން ބުނީ ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައި ވަނީ މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީފާ ބިން ޒައިދް އަވަހާރަވި ހަބަރު އެއްސެއްވީ ފުން ހިތާމައާއެކު ކަމަށާއި އެމަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމަށެވެ. އަދި އެއީ ރާއްޖޭއާއި ގާތް ގުޅުމެއް ބޭއްވެވި ފަރާތެއްކަން ވެސް ރައީސްގެ ޓުވިޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޚަލީފާ ބިން ޒައިދަކީ ޔޫއޭއީގެ ފައުންޑިން ލީޑަރު ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ އެންމެ ހަގު ދަރިކަލުންނެވެ.

ޚަލީފާ ބިން ޒައިދު ގެ ޒަޢާމަތުގައި ޔޫއޭއީ އަކީ ކުރިއަރަމުން އަންނަ ސަރަހައްދީ ބާރަކަށް ހެއްދުމަށް މަސައްކަތް ކުރެއްވިއެވެ. އަފި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ބޮޑު ހަބަކަށް ބަދަލުކުރުމުގައި އެހީތެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355