twitterviber whatsapp telegramfacebookyoutube instagram
2nd July 2022

ބީއެމްއެލްގެ ލޯނާއި ފައިނޭންސިންނަށް ހުށަހަޅައިގެން 3 ގައުމަކަށް ދަތުރެއް

May 16, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އާއި ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން ބަލައިގަންނަ ލޯނާއި ފައިނޭންސިން އަށް ދެ ގޮތަކަށް އިނާމު ހޯދުމުގެ ފުރުސަތު ލިބެ އެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ޔޫއޭއީ، މިސްރު އަދި އުރުދުން ހިމެނޭ ގޮތަށް ދެ މީހަކަށް ޓުއާ ޕެކޭޖެއް ދިނުމެވެ. މި ޕެކޭޖުގެ ދަށުން ފްލައިޓް ޓިކެޓާއި ނުވަ ރޭގެ ހުރުމާއި ކެއުން ހަމަޖެހިގެންދާނެ އެވެ. މީގެއިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް 20،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެ އެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯގެ ދަށުން 25،000 ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެ އެވެ.

ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގެ ދަށުން ދެ ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500،000 ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355