twitterviber whatsapp telegramfacebookyoutube instagram
23rd August 2026

މިދިޔަ އަހަރު މަސްވެރިކަމުން 1.2 ބިލިއަން ރުފިޔާ

ޚަދީޖާ އާދަމް
May 16, 2022

މިދިޔަ އަހަރު މަސްވެރިކަމުން މިފްކޯ އަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ މިދިޔަ އަހަރު މަސްވެރިކަމުން 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު އެއް ބިލިއަން ރުފިޔާއާ އަޅާބަލާނަމަ 17 ޕަސެންޓުގެ އާމްދަނީ އިތުރުވުމެކެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން މިފްކޯގެ މަސް ގަތުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ދެ އުޅަނދެއް ވަނީ ހޯދާފަ އެވެ. އެއީ 2500 މެޓްރިކް ޓަނުގެ މަދާ ވެސަލް އަކާއި 100 މެޓްރިކް ޓަނުގެ އުޅަނދެކެވެ.

މިދިޔަ އަހަރު އަހަރު 58,250 މަސް ގަނެ މަހާއި މަހުގެ އުފެއްދުންތައް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިފްކޯގެ ތާރީހުގައި އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރި މި އަހަރުގައި އެ ކުންފުންޏަށް ބޭރު ފައިސާގެ ގޮތުގައި ބޮޑު އަދަދެއް ވެސް ލިބިފައިވެ އެވެ.

މިދިޔަ އަހަރު ހަތަރު އައިސް ޕްލާންޓެއް ވަނީ ހުޅުވާފަ އެވެ. މި ތަންތަނުން 25 ޓަނާއި 50 ޓަނާ ދެމެދު އަދަދަކަށް އައިސް އުފައްދަ އެވެ. މި ޕްލާންޓްތައް ހުޅުވާފައިވަނީ ރ. މަޑުއްވަރި އާއި ހއ. ހޯރަފުށި އަދި ކ. ގާފަރުގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕެކްސްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355