twitterviber whatsapp telegramfacebookyoutube instagram
29th May 2026

ހިލޭ ބަހާ މަސްދަޅުން 40ގ މަސް އުނިކުރާ ވާހަކަ އަކީ ދޮގެއް: މިފްކޯ

Jan 19, 2025

ރޯދަމަހަށް ހިލޭ ބަހަން ތައްޔާރުކުރާ މަސް ދަޅުތަކުން 40 ގްރާމް އުނިކޮށްފައިވާކަމަށް ދެކެވޭ ވާހަކަ މިފްކޯއިން ދޮގުކޮށްފިއެވެ.

މިކަން ހާމަކޮށް މިފްކޯއިން ބުނެފައިވަނީ ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެ ކަމަށާއި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މިފްކޯއިން މި ރޯދަމަހާ ދިމާކޮށް 140 ގްރާމްގެ މަސްދަޅު ބާޒާރަށް ނެރެފައިވެއެވެ. 140 ގްރާމްގެ މަސް ދަޅެއް ވިއްކަން ނިންމާފައިވަނީ 15 ރުފިޔާއަށެވެ. އަދި ކޭހެއް 700 ރުފިޔާއަށެވެ.

މިފްކޯއިން ބުނެފައިވަނީ 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި މަސްދަޅު ފްރިޖް ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ.

މި ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް މަސް ކޭހެއްގެ މަގުން ބެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355