twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީއެމްއެލް އިން ހިއްސާ އަކަށް 48 ރުފިޔާ ބަހަން ނިންމައިފި

ނަބީލާ އިސްމާޢީލް
May 30, 2022

ބީއެމްއެލުގެ ހިއްސާދާރުންނަށް، ހިއްސާއަކަށް 48 ރުފިޔާގެ މަގުން، ޖުމްލަ 258 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 48 ރުފިޔާ ބެހުމަށް ނިންމާފައިވަނީ ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ބޭންކްގެ މިދިޔަ އަހަރުގެ އަހަރީ އާއްމުޖަލްސާގައި ހިއްސާދާރުންގެ 100 އިންސައްތަ ވޯޓުންނެވެ.

އެ ޖަލްސާގައި އަމިއްލަގޮތުން 57 ހިއްސާދާރަކު ބައިވެރިވިއެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 17 ހިއްސާދާރަކުވަނީ ބައިވެރިވެފައެވެ. މި ހިއްސާދާރުން އެ ކުންފުނީގެ 58 އިންސައްތަ ހިއްސާ ތަމްސީލުކުރެއެވެ.

ރޭ ފާސްކުރި ޑިވިޑެންޓުގެ ތެރޭގައި އަހަރުގެ ކުރީކޮޅު އިންޓެރިމް ޑިވިޑެންޓުގެ ގޮތުގައި ދޫކުރެވުނު 13 ރުފިޔާއާއި ފައިނަލް ޑިވިޑެންޓުގެ ގޮތުގައި 35 ރުފިޔާ ހިމެނެއެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް އެންމެ ބޮޑު ޑިވިޑެންޓެއް ދޫކުރާ ފަހަރެވެ.

އެއާއެކު، ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރު، ދިވެހި ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޓެކުހުގެ ގޮތުގައި 543 މިލިއަން ރުފިޔާ އެ ބޭންކުގެ ފަރާތުން ސަރުކާރަށް ލިބޭނެއެވެ.

މިދިޔަ އަހަރު އެ ބޭންކަށް ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބީއެމްއެލުން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 15 ރުފިޔާއެވެ.

އެބެންކުން ބުނީ ހިއްސާގެ ފައިދާ ބަހާނީ މިދިޔ މަހުގެ 20ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކުރި މީހުންގެ މެދުގައި ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 554 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއީ 55 އިންސައްތައިގެ ކުރިއެރުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355