twitterviber whatsapp telegramfacebookyoutube instagram
26th April 2024

މޯލްޑިވިއަން ހިންގުމުގައި ތިބީ ނާގާބިލް މީހުން، ކުންފުނި ދަނީ ބަނގުރޫޓުވުމާ ދިމާލަށް: އަލީ ހުސައިން

ނަބީލާ އިސްމާޢީލް
Jun 19, 2022

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަތުރުވެރި ކަމުގެ ފައިދާ މޯލްޑިވިއަނަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަ ތަކެއް ހުރީމަ ކަމަށެވެ. އަދި ގައުމީ އެއާލައިން މި ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައި މިވަނީ މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑަށް މިދިޔަ އަހަރުވި ގެއްލުން 159 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދެއްކުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ ދެވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު އެހާ ބޮޑު ގެއްލުމެއްވީ އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު މޯލްޑިވިއަންއަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އަލީ ހުސައިން ވިދާޅުވީ މި ވެރިކަން އައިފަހުން އަބަދުވެސް އެ އެއާލައިނަށް ގެއްލުންވާ ކަމަށާއި ކުންފުނި ހިންގުމުގައި ތިބީ ނާގާބިލް މީހުން ކަމަށެވެ. އަދި ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ކްރެޑިޓަށް ޓިކެޓްދޫކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355