twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫ ދާލަ ޤުރުއާން މުބާރާތުގެ 1 ވަނަ ފާތިމަތު ނީމް މުހައްމަދު

Jun 30, 2022

1443 ވަނަ އަހަރު ރަމަޟާންމަހު ހދ. ހަނިމާދޫ ދާލަ ޤުރުއާން ކުލާހުގައި ބޭއްވި ޤުރުއާން މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ފާތިމަތު ނީމް މުހައްމަދު ހޯދައިފި އެވެ.

އިއްޔެ ހަވީރު ހަނިމާދޫ ޕްރީސްކޫލް ހޯލްގައި ކުރިއަށް ދިޔަ މިމުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި މުބާރާތުގައި ބައިވެރިވި ހުރިހާ އުމުރު ފުރާތަކަކުން 1 ވަނަ، 2ވަނަ އަދި 3 ވަނަ ވަނީ ހޮވާފަ އެވެ.

މުބާރާތުގެ 13 އަހަރުދަށުގެ އުމުރުފުރާއިން ވަނަތައް ހާސިލުކުރި ދަރިވަރުނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް އަލީ ވަޙީދެވެ.

13 އަހަރުން ދަށުގެ އުމުރު ފުރާއިން ވަނަތައް ހާސިލްކުރި ދަރިވަރުން

  • 1 ވަނަ - ފާތިމަތު ނީމް މުހައްމަދު
  • 2 ވަނަ - ފާތިމަތު ނާޝް
  • 3 ވަނަ - ފާތިމަތު ޒާރާ މުޙައްމަދު މުޢާދު

9 އަހަރުން ދަށުގެ އުމުރު ފުރާއިން ވަނަތައް ހާސިލްކުރި ދަރިވަރުން

  • އެއްވަނަ - ސަމްރާ އިބްރާހީމް ހަލީމް
  • ދެވަނަ - ޔޫސުފް ޛައިކް ބިން ޒިޔާދު
  • ތިންވަނަ - އިޝާދާ އަޙްމަދު އާދަމް

7 އަހަރުން ދަށުގެ އުމުރު ފުރާއިން ވަނަތައް ހާސިލްކުރި ދަރިވަރުން

  • އެއްވަނަ - ހައިރާ ބިންތު އިބްރާހިމް
  • ދެވަނަ - އީން އިސްމާޢިލް ޢާރިފް
  • ތިންވަނަ - ތުޤާ ބިންތު މުޙައްމަދު ނިޔާޒު

ދާލަ ޤުރުއާން މުބާރާތުގެ 7 އަހަރުދަށުގެ އުމުރުފުރާއިން ވަނަތައް ހާސިލުކުރި ދަރިވަރުނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ހަނިމާދޫ ޕޮލިސް އިންޗާރޖް އަބޫބަކުރު މުހަންމަދެވެ.

5 އަހަރުން ދަށުގެ އުމުރު ފުރާއިން ވަނަތައް ހާސިލްކުރި ދަރިވަރުން

  • ތިންވަނަ - ތުޤާ ބިންތު މުޙައްމަދު ނިޔާޒު
  • ދެވަނަ - އީން އިސްމާޢިލް ޢާރިފް
  • އެއްވަނަ - ހައިރާ ބިންތު އިބްރާހިމް

މުޅި މުބާރާތުން ވަނަތަށް ހާސިލްކުރި ދަރިވަރުގެ ތެރެއިން ދެވަނަ އަށް ދެ ކުއްޖަކު ހޮވިފައިވެ އެވެ. މުޅި މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް އަލީ ވަޙީދެވެ.

މުޅި މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުން

  • 1 ވަނަ - ފާތިމަތު ނީމް މުހައްމަދު
  • 2 ވަނަ - ޔުއިން ޙުސައިން ރަޝީދު
  • 2 ވަނަ - ފާތިމަތު ނާޝް
  • 3 ވަނަ - ލިވިޔާ އަލީ މުހައްމަދު

ދާލަ ރަޖިސްޓްރީކުރިފަހުން 10 އަހަރުވުމުގެ ގާތަށްއައިއިރު މިއީ މިކުލާހުން އިންތިޒާމްކޮއްގެން މުޅިރަށަށް ހުޅުވާލައިގެން ބޭއްވުނު ފުރަތަމަ ޤުރުއާން މުބާރާތެވެ. މިއަހަރު މިމުބާރާތުގައި 26 ބައިވެރިން ބައިވެރިވެފައިވެ އެވެ.

ދާލަ އަކީ ގުރުއާން މުބާރާތުގެ އިތުން ހަނިމާދޫގައި އެހެނިހެން އިތުރު ހަރަކާތަތަށްވެސް ކުރިއަށް ގެންދާ ކުލާހެކެވެ.

މި މުބާރާތް މިއަހަރު ހުޅުވާލެވިފައިވަނީ ހަމައެކަނި ބަލައިގެން ކިޔުމުގެ ބަޔަށް އަމާޒުކޮށްގެނެވެ.

މުބާރާތު ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ އަހުމަދު ހުސެންފުޅު، މުހަންމަދު ރަޝީދު، އަދި މިދުޙަތު އިރުފާން އަބޫބަކުރެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަދި އެކި އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަކަށް ދާލަ ޤުރުއާން ކުލާހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355