ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހއ.އަތޮޅާއި އދ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ކަނޑުތައް ވަރަށް ގަދަވާނެކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.
Alert Yellow for strong winds and very rough seas. pic.twitter.com/BXWPBO3Y5E
— Maldives Meteorology (@MetMaldives) August 4, 2022
މެޓް އޮފީހުން ހއ.އަތޮޅާއި އދ. އަތޮޅާއި ދެމެދުގެ މިއަދު 17:00 ހަމައަށް ނެރެފައިވާ ވައިޓް އެލާޓް މިރޭ 19:30 އާއި ހަމައަށް ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރާޅުތައް 4-7 ފޫޓަށް އުފުލޭނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފަ އެވެ.