twitterviber whatsapp telegramfacebookyoutube instagram
30th September 2022

ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުންތައް ނިންމާލައިފި

'ޕަވަރ ޓު ޕަރސުއޭޑް'، ނުވަތަ 'ގަބޫލުކުރުވުމުގެ ބާރު"ގެ ނަމުގައި ކެއަރ ސޮސައިޓީއިން ކުރިއަށް ގެންގޮސްފައިވާ ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައިވާ މިމަސައްކަތު ބައްދަލުވުން މިއަދު ކުޅުދުއްފުށީގައި ފުރިހަމަކޮށްފައިވެއެ

އަބްދުލް ވާހިދު ޙަސަން
Aug 13, 2022

ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ހާއްސަކޮށްގެން ކެއަރ ސޮސައިޓީއިން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތައް ކުޅުދުއްފުށީގައި ހިންގައިފި އެވެ.

'ޕަވަރ ޓު ޕަރސުއޭޑް'، ނުވަތަ 'ގަބޫލުކުރުވުމުގެ ބާރު"ގެ ނަމުގައި ކެއަރ ސޮސައިޓީއިން ކުރިއަށް ގެންގޮސްފައިވާ ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައިވާ މިމަސައްކަތު ބައްދަލުވުން މިއަދު ކުޅުދުއްފުށީގައި ފުރިހަމަކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައިވާ މިސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ އަމާޒަކީ، ދިމިކްރާތީ ނިޒާމުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ފުރިހަމަގޮތުގައި ބައިވެރިވުމަށް މަގުފަހިކޮށްދިނުމެވެ.

ކެއަރ ސޮސައިޓީއިން ޔުނައިޓެޑް ސްޓޭޓް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އެއިޑު)ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ހަމައެއާއެކު، މި ޕްރޮގްރާމަކީ ތަމްރީނުދޭ ފަރާތުގެ ގޮތުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހަރަކާތްތެރިވާ ފުރަތަމަ ޕްރޮގްރާމެވެ.

"މިއީ އަޅުގަނޑު ބައިވެރިވި މިފަދަ ފުރަތަމަ ވާރކްޝޮޕް. މި ވާރކްޝޮޕްއިން އަޅުގަނޑަށް މިހާތަނަށް އެނގިފައިނުވާ ވަރަށް ގިނަ ކަންކަން ދަސްވި. އަޅުގަނޑު ބޭނުންވާ ޚިދުމަތެއް ހޯދުމަށް ދާންވީ ސަރުކާރުގެ ކޮން އިދާރާތަކަކަށްތޯ އަދި އަޅުގަނޑުމެންގެ ހައްގުތައް ގާނޫނުތަކުގައި ބަޔާންކޮށްފައި އޮންނަކަން އަޅުގަނޑަށް އެނގިގެން ހިނގައްޖެ. އަޅުގަނޑު އެދެނީ މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގައި އަޅުގަނޑު ފަދަ ހާއްސަ އެހީއަށް ބޭނުން ފަރާތްތަކުގެ ބަސް އެންމެނާއި ހަމައަށް ފޯރުކޮށްދިނުމަށް ތިޔަބޭފުޅުން މަސައްކަތްކޮށްދެއްވުން." ށ ގޮއިދޫއަށް ނިސްބަތްވާ އައިޝަތު އަމްސޫދާ (42އ) ބުންނެވެ.

ހދ އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ 3 ދުވަހުގެ މިތަމްރީން ބައްދަލުވުމުގައި ހދ އަދި ށ އަތޮޅުން ޖުމްލަ 17 އަންހެނުން ބައިވެރިވެ، ސިޔާސީ، އިޖްތިމާއީ އަދި އިގުތިސާދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް، އެކަންކަމަށް ހައްލުހޯދުމަށް ވަކާލާތުކުރަން ޕްލޭންތައް އެކުލަވާލާފައިވެއެވެ.

ރާއްޖޭގެ 4 ސަރަހައްދަކަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވޭ މި ސިލްސިލާ މަސައްކަތު ބައްދަލުވުންތައް ނިމިގެންދާއިރު، ކެއަރ ސޮސައިޓީގެ އުންމީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން، 100 ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ މުހިއްމު ބޭނުންތައް ދެނެގަނެވި، އެކަންކަމަށް ވަކާލާތުކުރެވޭނެ ވިއުގައެއް އެކުލަވާލުންކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355