twitterviber whatsapp telegramfacebookyoutube instagram
26th September 2026

ހއ އަތޮޅު ޤުރްއާން މުބާރާތް ސެޕްޓެމްބަރު މަހުގައި ބާއްވަނީ

ނަބީލާ އިސްމާޢީލް
Aug 14, 2022

ހއ. އަތޮޅު ޤުރުއާން މުބާރާތް، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހއ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ. މި މުބާރާތުގައި އަމަލުކުރާނީ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި އަމަލުކުރާ ގަވާއިދާ އެއްގޮތަށްކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

މި އަހަރު ޤުރުއާން މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 22 ން 25 ގެ ނިޔަލަށެވެ. މި ދުވަސްވަރު މުބާރާތް ބާއްވަން އަތޮޅު ކައުންސިލުން ނިންމާފައިވަނީ މިދިޔަ ބޫރާސްފަތި ދުވަހު ބޭއްވުނު އެ ކައުންސިލްގެ 04 ވަނަ ދައުރުގެ 53 ވަނަ އާންމު އާންމު ބައްދަލުވުމުގަ އެވެ.

އަތޮޅު ކައުންސިލުން ބުނީ، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 އުމުރު ފުރާއަކަށެވެ. އެއީ ހއ. އަތޮޅުގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ކީ ސްޓޭޖްގެ 1، 2، 3، 4، 5 ގެ ދަރިވަރުންނަށް ކަމަށެވެ.

އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ޤްރުއާން މުބާރާތް ބޭއްވުމުގެ މަގުސަދަކީ އަތޮޅު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި އެކުދިންނަކީ ދީނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުންކަމުގައި އެ ކައުންސިލުން ބުންޏެވެ

ރަށު ފެންވަރުގައި ބާއްވާ އޮޑިޝަނުން ހޮވާލެވޭ ކުދިންގެ މެދުގައި ބާއްވާ މި މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގަކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293