twitterviber whatsapp telegramfacebookyoutube instagram
4th June 2025

ކޭއާރުއެޗާއި ސުޕަރ ވިޝަން ގުޅިގެން ހދ ގައި ލޮލުގެ ކޭމްޕެއް

އަބްދުލް ވާހިދު ޙަސަން
Oct 15, 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސުޕަރ ވިޝަން އޮޕްޓިކަލް ގުޅިގެން ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ލޮލުގެ ހާއްސަ ކޭމްޕެއް ކުރިއަށްގެންދަން ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީގައި މި ކޭމްޕު ކުރިއަށްދާނީ މިމަހު 16-18 އަށް ހެނދުނު 9:00 - 18:00 އަށެވެ. މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

މި ކޭމްޕުގައި ލޮލުގެ ޕުރެޝަރު ބެލުމާއި ޑައިބެޓިކް ސްކްރީނިންގ އާއި ކަލަރ އެޑިއެންސީ އަދި ލޮލުގައިވާ ތަފާތު މައްސަލަތައް ބެލުމާއި، އިރުޝާދު ދިނުމާއި ލޮލުގެ ފަރުވާ ދިނުމާއި ނަންބަރު ނަގައި އައިނު ހެދުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ސުޕަރ ވިޝަން އޮޕްޓިކަލުން ބުނީ، މި ކޭމްޕުގައި ތަފާތު ބުރޭންޑްތަކުގެ މޮޅު އަދި ރީތި ދުނިތައް ލިބެން ހުންނާނެ ކަމަށާއި ދެ ފަހަރުން އައިނު ހެދުމަށް ފައިސާ ދެއްކޭނެ ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން މި ކޭމްޕު ހދ އަތޮޅުގެ 12 ރަށުގައި ކުރިއަށްގެންދާނެ އެވެ. މި ކޭމްޕުގައި ސްކޫލު ދަރިވަރުންނަށް ހައްދާ ކޮންމެ އައިނަކުން 10% ލިބޭނެކަމަށް ސުޕަރ ވިޝަނުން މައުލޫމާތުދެ އެވެ.

މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޭއާރުއެޗުގެ 6528864 ނަމްބަރު ފޯނާ ގުޅައި ނަންނޯޓްކުރުމަށް އެދެ އެވެ. ނުވަތަ ފުރިހަމަ ނަމާއި އައިޑީކާޑް ނަމްބަރާއި އެޑްރެސް ޖެހުމަށްފަހު 7999602 ނަމްބަރު ފޯނަށް މެސެޖްކުރުމަށް އެދެ އެވެ.

ނަންނޯޓްކުރުން ކުރިއަށްދާނީ ހަވީރު 16:00 ހެނދުނު 6:00 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355