ގދ. ތިނަދޫގައި ކުރިއަށްދިޔަ 13 ވަނަ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ އެތްލީޓުން ރަން ކާމިޔާބީއެއް ހޯދާ މުޅި ކުޅުދުއްފުއްޓަށް ފަހުރުވެރި ކާމިޔާބީއެއް ހޯދައިދީފި އެވެ.
ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްގެ އެތްލީޓުން ބްލެކް މާރލިންގެ ނަމުގައި މުބާރާތުގައި ބައިވެރިވެ ވަނީ ބޮޑެތި އަދި އެހާމެ ގިނަ ވަނަތަކެއް ހޯދާފަ އެވެ. ކުޅުދުއްފުށީގެ އެންމެ ކުޅަދާނަ އެއް އެތްލީޓު އަހްނާ ނިޒާރު ވަނީ މިފަހަރުގެ ޗެމްޕިއަންޝިޕުގައި ވާދަކުރި ހުރިހާ އިވެންޓަކުން މީޓް ރެކޯޑް ހަދާ މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ހާސިލްކޮށްފަ އެވެ. އަދި އަހްނާ އަކީ މިވަގުތު ރާއްޖޭގައި ހުރި ދެވަނައަށް އެންމެ ބާރު އަންހެން ދުވުންތެރިޔާވެސްމެ އެވެ.
ބްލެކް މާރލިންއިން ހޯދާފައިވާ ކާމިޔާބީތައް:
13 އަހަރުން ދަށުގެ އަންހެން ކެޓަގަރީ:
- 80 މީޓަރު ސްޕްރިންޓްގެ 7 ވަނަ: އޫނާން މުހައްމަދު
- 80 މީޓަރު ސްޕްރިންޓުގެ 8 ވަނަ: މަރިޔަމް މަލާކް މުހައްމަދު
- 100 މީޓަރު ސްޕްރިންޓުގެ 1 ވަނަ: އައިމިނަތު އައުހާ އަބްދުލް ރަހްމާން
- 100 މީޓަރު ސްޕްރިންޓުގެ 7 ވަނަ: ޒާއިން އަބްދުލް ވައްހާބް
- 600 މީޓަރުގެ 7 ވަނަ: މަހްރީން އަބްދުލް ހަމީދް
- 600 މީޓަރުގެ 8 ވަނަ: މަރިޔަމް އަރްޝާ
- 1000 މީޓަރުގެ 3 ވަނަ: އައިޝަދު ލަސަން އަލީ
- 70 މީޓަރު ހާރޑަލްސްއިން 3 ވަނަ: އައިޝަތު ހަޒްނާ
- ހާރޑް ބޯލް ތްރޯއިން 6 ވަނަ: މަހްރީން އަބްދުލް ހަމީދް
- ޝޮޓްޕުޓްއިން 3 ވަނަ: އޫނާން މުހައްމަދު
- ޑިސްކަސް ތްރޯއިން 1 ވަނަ: އައިމިނަތު އައުހާ އަބްދުލް ރަހްމާން
- ހައި ޖަމްޕުން 4 ވަނަ: އޫނާން މުހައްމަދު
- ހައި ޖަމްޕުން 7 ވަނަ: މަންހާ އަލީ ޝަރީފް
- ލޯންގް ޖަމްޕުން 3 ވަނަ: މަރިޔަމް ނާޔާ
- ލޯންގް ޖަމްޕުން 2 ވަނަ: އާނީ ހުސެން
- ޓްރިޕަލް ޖަމްޕުން 1 ވަނަ: މަރިޔަމް މަލާކް މުހައްމަދު
- ޓްރިޕަލް ޖަމްޕުން 3 ވަނަ: ޒާއިން އަބްދުލް ވައްހާބް
- ޓްރިޕަލް ޖަމްޕުން 6 ވަނަ: އައިމިނަތު އައުހާ އަބްދުލް ރަހްމާން
- 6 ގުނަ 80 މީޓަރު ރިލޭއިން 1 ވަނަ: އައުހާ، ޒާއިން، އޫނާން، ނާޔާ، އާނީ، މަލާކް އަދި މަންހާ.
- 4 ގުނަ 100 މީޓަރު ރިލޭއިން 1 ވަނަ: އައުހާ، އާނީ، ޒާއިން، ނާޔާ އަދި މަލާކް.
13 އަހަރުން ދަށުގެ ޑިސްކަސް ތްރޯގެ މީޓް ރެކޯޑް އައުހާ ހެދިއިރު މަލާކް ވަނީ ޓްރިޕަލް ޖަމްޕުގެ މީޓް ރެކޯޑް ހަދާފަ އެވެ.
17 އަހަރުން ދަށުގެ އަންހެން ކެޓަގަރީ:
- 100 މީޓަރު ދުވުމުން 1 ވަނަ: އަހްނާ ނިޒާރު
- 200 މީޓަރު ދުވުމުން 1 ވަނަ: އަހްނާ ނިޒާރު
- ލޯންގް ޖަމްޕުން 1 ވަނަ: އަހްނާ ނިޒާރު
19 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ:
- 100 މީޓަރު ދުވުމުން 4 ވަނަ: އިޔާދް އަހްމަދު
- 200 މީޓަރު ދުވުމުން 4 ވަނަ: އިޔާދް އަހްމަދު
- 400 މީޓަރު ދުވުމުން 3 ވަނަ: އިބްރާހިމް ބިން ހަމްޒާ
- 800 މީޓަރު ދުވުމުން 2 ވަނަ: އިބްރާހިމް އާދަމް
- 800 މީޓަރު ދުވުމުން 3 ވަނަ: އަބްދުﷲ އިކްރާމް
- 1500 މީޓަރު ދުވުމުން 2 ވަނަ: އިބްރާހިމް އާދަމް
- 1500 މީޓަރު ދުވުމުން 3 ވަނަ: އަބްދުﷲ އިކްރާމް
- 1500 މީޓަރު ދުވުމުން 5 ވަނަ: އައިމަން ހާލިދު
- 5000 މީޓަރު ދުވުމުން 2 ވަނަ: އިބްރާހިމް އާދަމް
- 5000 މީޓަރު ދުވުމުން 3 ވަނަ: އަބްދުﷲ އިކްރާމް
- 5000 މީޓަރު ދުވުމުން 4 ވަނަ: އައިމަން ހާލިދު
- ޖެވެލިން ތްރޯއިން 2 ވަނަ: އައިމަން ހާލިދު
- ޖެވެލިން ތްރޯއިން 8 ވަނަ: އިޔާދް އަހްމަދު
- 4 ގުނަ 100 މީޓަރު ރިލޭއިން 2 ވަނަ: އިބްރާހިމް އާދަމް، އިޔާދް އަހްމަދު، އަބްދުﷲ އިކްރާމް، އިބްރާހިމް ބިން ހަމްޒާ.
- 4 ގުނަ 200 މީޓަރު ރިލޭއިން 2 ވަނަ: އިބްރާހިމް އާދަމް، އިޔާދް އަހްމަދު، އަބްދުﷲ އިކްރާމް، އިބްރާހިމް ބިން ހަމްޒާ.
17 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ:
- 3000 މީޓަރުން 3 ވަނަ: ލޫތް ބިން އާދަމް ޝަރީފް
- 1500 މީޓަރުން 5 ވަނަ: ލޫތް ބިން އާދަމް ޝަރީފް
19 އަހަރުން ދަށުގެ އަންހެން ކެޓަގަރީ:
- 100 މީޓަރު 2 ވަނަ: ރިފާ މުހައްމަދު
- 200 މީޓަރު 2 ވަނަ: ރިފާ މުހައްމަދު
- 400 މީޓަރު 1 ވަނަ: ރިފާ މުހައްމަދު
މީގެއިތުރުން ބްލެކް މާރލިން ޓީމުން ވަނީ 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ރަނަރަޕްކަން ހޯދާފަ އެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
އަދި ބްލެކް މާރލިންގެ އަހްނާ ނިޒާރު ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމާއި މަކިޓާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ހޯދާފަ އެވެ.