twitterviber whatsapp telegramfacebookyoutube instagram
29th January 2023

ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މާރިޔާ ކުޅުދުއްފުއްޓަށް

އަބްދުލް ވާހިދު ޙަސަން
Nov 4, 2022

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ މިއަދު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

މިނިސްޓަރު މާރިޔާ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވީ، މޭޔަރާއި ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލު ގުޅިގެން މިއަހަރުވެސް ކުލަގަދަ ގޮތެއްގައި ނަޞްރުގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރާއިރު ރޭ ވަނީ އެކަމާ ގުޅޭ ހާއްސަ ޖަލްސާ ބާއްވާފަ އެވެ.

މިއަދު ހަވީރު ސިފައިންގެ ޕެރޭޑް ކުޅުދުއްފުށި އަމީނީމަގުގައި ކުރިއަށްދާނެ އެވެ. އަދި މިރޭ ރަށްމަތިފަންނުގައި ހަވާ އެރުމުގެ ހަރަކާތްވެސް ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355