twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގްރޯން ޕްރީގައި ކުޅުދުއްފުށީ އެތްލީޓުންނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް

މުޙައްމަދު އަހުމަދު
Nov 13, 2022

އިއްޔެއާއި މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދިޔަ 4 ވަނަ ގައުމީ ގްރޯން ޕްރީގައި ކުޅުދުއްފުށިން ވާދަކުރި އެތްލީޓުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފި އެވެ.

މިފަހަރުގެ ގްރޯން ޕްރީގައި ކުޅުދުއްފުށިން ވާދަކޮށްފައިވަނީ ޝަރީފް ސްޕޯޓްސްގެ 4 އެތްލީޓުންނެވެ. އެއީ އަހްނާ ނިޒާރާއި ރިފާ މުހައްމަދުގެ އިތުރުން އިބްރާހިމް އާދަމް އަދި ލޫތް އާދަމް އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމު ދާދިފަހުން ކުރިއަށް ދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަދި އެންމެފަހުން ބޭއްވި މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތްލީޓުގެ މަގާމު ހޯދި އަހްނާ ނިޒާރު ވަނީ މިފަހަރުގެ ގައުމީ ގްރޯން ޕްރީގައި ވެސް ރަންވަނަ ހާސިލްކޮށްފަ އެވެ.

މިފަހަރުގެ ގްރޯން ޕްރީގައި ކުޅުދުއްފުށީ އެތްލީޓުން ހޯދި ކާމިޔާބީތައް:

އަހްނާ ނިޒާރު:

  • 100 މީޓަރު ސްޕްރިންޓުން 2 ވަނަ (ރިހި މެޑަލް) - 13.03 ސިކުންތު
  • 200 މީޓަރު ސްޕްރިންޓުން 1 ވަނަ (ރަން މެޑަލް) - 26.34 ސިކުންތު
  • ލޯންގް ޖަމްޕުން 3 ވަނަ (ލޯ މެޑަލް) - 5.07 މީޓަރު

ރިފާ މުހައްމަދު:

  • 100 މީޓަރު ސްޕްރިންޓުން 6 ވަނަ - 13.62 ސިކުންތު
  • 200 މީޓަރު ސްޕްރިންޓުން 4 ވަނަ - 28.27 ސިކުންތު
  • 400 މީޓަރު ސްޕްރިންޓުން 3 ވަނަ (ލޯ މެޑަލް) - 1.05.18

އިބްރާހިމް އާދަމް:

ފިރިހެނުންގެ 800 މީޓަރު ދުވުމުން 4 ވަނަ - 2.05.71

ލޫތު ބިން އާދަމް ޝަރީފް:

ފިރިހެނުންގެ 3000 މީޓަރު ދުވުމުން 6 ވަނަ - 11.45.47

މިފަހަރުގެ ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނީ މަރިޔަމް ރޫޔާ އަލީ އެވެ. އަދި ފިރިހެން އެތްލީޓަކަށް ހޮވުނީ ހުސެއިން ފަޒީލް ހާރޫން (ފްލެޝް) އެވެ. ފަޒީލް ވަނީ 800، 1500 އަދި 3000 މީޓަރުން ރަން މެޑަލް ހޯދާ 1500 މީޓަރުގެ މީޓް ރެކޯޑް އަދި 3000 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލާފަ އެވެ. ރޫޔާ ވަނީ 100 މީޓަރުން ރަން މެޑަލް އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދާ ލޯންގް ޖަމްޕް ގައުމީ ރެކޯޑް މުގުރާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355