twitterviber whatsapp telegramfacebookyoutube instagram
26th April 2024

މީޑިއާ ކައުންސިލާއި ބީއެމްއެލް ގުޅިގެން މާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް ނޫސްވެރިންނަށް ދަސްކޮށްދީފި

ނަބީލާ އިސްމާޢީލް
Nov 21, 2022

މީޑިއާ ކައުންސިލާއި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެންމާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް، ނޫސްވެރިންނަށް ދަސްކޮށްދިނުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.

މީޑިއާކައުންސިލުން ބުނީ މި ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕްގެ މަގްސަދަކީ އެ ދާއިރާގެ ހަބަރުތައް ރިޕޯޓު ކުރާނެ ގޮތް ނޫސްވެރިންނަށް ކިޔައިދިނުމެވެ.

ފަސް ސެޝަނަކަށް ބަހާލައިގެން މި ވޯކްޝޮޕްގައި ކިޔައިދިން މައިގަނޑު ދާއިރާތަކަކީ ބިޒްނަސް އަދި ބެންކިން ޕްރޮޑަކްޓް، ރީޓެއިލް ޑިޖިޓަލް ހިދުމަތްތައް، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ހަރަދުކުރުން ހުއްޓުވުމުގެ އިތުރުން މާލީ ދާއިރާގެ ހަބަރުތައް ގެނެސްދިނުން އަދި ވަގަށް ފައިސާ ހޯދުމުގެ އަމަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމެވެ.

އަދި މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލާފައިވެ އެވެ.

މި ވޯކްޝޮޕް ނަގައިދެއްވީ ބީއެމްއެލްގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން: އަލީ ފާރިސް ހަލީލް
  • ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް: ބަދުރުއްދީން ހަސަން
  • އަލީ ޒައިދު މުހައްމަދު: ކޮމްޕްލަޔަންސް މެނޭޖަރު
  • ޝަމްހީދު އަލީ: ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރު
  • މުހައްމަދު ހަމީމް: ކޮންޓެކްޓް ސާވިސް މެނޭޖަރު

މި ވޯކްޝޮޕްގައި ނޫސްވެރިންނާއި މީޑިއާ ކައުންސިލް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355