twitterviber whatsapp telegramfacebookyoutube instagram
27th April 2024

މެސީގެ ޖާދުލާއެކު އާޖެންޓީނާއިން ވޯލްޑްކަޕުގެ އުއްމީދު ދަމަހައްޓައިފި

މުޙައްމަދު އަހުމަދު
Nov 27, 2022

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީގެ ޖާދުލުން މެކްސިކޯ ބަލިކޮށް އާޖެންޓީނާއިން ވޯލްޑްކަޕުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ފުރަތަމަ މެޗުން ސައުދީ އަތުން ހައިރާންކަމާއެކު އާޖެންޓީނާ ބަލިވި ނަމަވެސް ދެވަނަ މެޗުގައި މެކްސިކޯ ބަލިކުރުމުން ގްރޫޕް ސީ މިވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. އިއްޔެ ސައުދީ ބަލިކުރި ޕޮލެންޑް 4 ޕޮއިންޓާއެކު 1 ވަނައިގައި އޮތްއިރު 3 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އާޖެންޓީނާ އެވެ.

3 ޕޮއިންޓާއެކު 3 ވަނައިގައި އޮތީ ސައުދީ އަރަބިއްޔާ އެވެ. އާޖެންޓީނާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އަދި ގްރޫޕުގެ ފުލުގައި 1 ޕޮއިންޓާއެކު އޮތީ ދެކުނު އެމެރިކާގެ މެކްސިކޯ އެވެ.

ރޭގެ މެޗުގައި އާޖެންޓީނާއިން ވަނީ ފުރަތަމަ މެޗުން ލިބުނު ހިތްދަތި ބަލިން އަރައިގަނެ ކުޅުން ރަނގަޅުކޮށް މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ހާފުގައި ދެޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކިއިރު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް އެއްވެސް ޓީމަކަށް ނުލިބެ އެވެ.

ނަމަވެސް ފުރަތަމަ ހާފު މެސީއާއި ލައުޓާރޯ މާޓިނޭޒްގެ ދެހަމަލާއެއް ފެނުނެވެ. މާޓިނޭޒްގެ ހަމަލާ ގޯލާ އަމާޒުވާ ގޮތްނުވިއިރު މެސީގެ ހަމަލާ މެކްސިކޯގެ ކީޕަރު ގުއިލާމޯ އޮޗޯއާ ވަނީ ދިފާއުކޮށްފަ އެވެ. އަދި ހިލޭ ޖެހުމަކުން މެކްސިކޯގެ އެލެކްސް ވާގަސް ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާގެ ޕާހަކުން އޭރިއާ ބޭރުގައި ހުރެފައި މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މިއަދު ވެސް މުބާރާތުގައި 4 މެޗެއް ކުޅެވޭނެ އެވެ. ހަވީރު 3 ޖަހާއިރު ކޮސްޓަ ރިކާއިން ޖަޕާނާ ދެކޮޅަށް ނުކުންނައިރު 6 ޖަހާއިރު ބެލްޖިއަމުން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަދި ރޭގަނޑު 9 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ ކްރޮއޭޝިއާއާއި ކެނެޑާ އެވެ. އަދި ދަންވަރު 12 ޖަހާއިރު ޖަރުމަނާއި ސްޕެއިން ވާދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355