twitterviber whatsapp telegramfacebookyoutube instagram
20th April 2024

މެސީގެ ވޯލްޑްކަޕް ހޮޓެލް ރޫމް މިއުޒިއަމަކަށް؟

މުޙައްމަދު އަހުމަދު
Dec 28, 2022

ގަތަރު ވޯލްޑްކަޕް 2022 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މަޑުކުރި ހޮޓަލް ރޫމް މިއުޒިމަކަށް ހެދުމަށް ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

އާޖެންޓީނާގެ ތާރީހީ ކާމިޔާބީއާ ގުޅިގެން ވޯލްޑްކަޕްގެ ތެރެއިން އޭނާ މަޑުކުރި ރޫމް މިއުޒިމަކަށް ހެދުމަށް ނިންމާފައިވާއިރު އެތަން އާންމުންނަށް ބެލޭގޮތަށް ހުޅުވާލަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ވޯލްޑްކަޕުގައި އާޖެންޓީނާގެ ތަރި މަޑުކޮށްފައިވަނީ ޔުނިވާސިޓީ އޮފް ގަތަރުގެ ރޫމް ނަމްބަރު ބީ201 ގަ އެވެ. އަޝްރަފް ބެން އަޔާދް ކުރި ޓްވީޓެއްގައި ވަނީ ޔުނިވާސިޓީ އޮފް ގަތަރުގައި މެސީ މަޑުކުރި ރޫމް ބަދަލުވެގެންދާނީ ކުޑަ މިއުޒިމަކަށް ކަމަށެވެ.

36 އަހަރަށްފަހު ވޯލްޑްކަޕުގެ ތަށި އާޖެންޓީނާއިން ހިއްލާލިއިރު މެސީ ވަނީ ފައިނަލުގައި ދެގޯލު ކާމިޔާބުކޮށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފުވެސް ހާސިލްކޮށްފަ އެވެ.

35 އަހަރުގެ ކުޅުންތެރިޔާގެ ކެރިއަރުގައި ނުލިބި އޮތް ހަމައެކަނި ކާމިޔާބީއަކީ ވޯލްޑްކަޕެވެ. ނަމަވެސް އާދަޔާހިލާފަށް މޮޅު ކުޅުމެއް ދައްކާ މެސީ ވަނީ އާޖެންޓީނާއާއެކު މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

7 ގޯލާއެކު ރިހި ބޫޓް ވެސް ހާސިލްކުރި މެސީ ވަނީ ލުސައިލް ދަނޑުގައި ޕެނަލްޓީ ޖަހައިގެން 2018 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފަ އެވެ. ފޯރިގަދަ ކުޅުމަކަށްފަހު 3 - 3 ން އެއްވަރުވި މެޗުގައި މެސީ ދެލަނޑު ޖެހިއިރު އެމްބާޕޭ ވަނީ ފްރާންސަށް ހެޓްރިކް ހަދައިދީފަ އެވެ. މިމެޗު 4 - 2 ން ކާމިޔާބުކުރީ ޕެނަލްޓީން އާޖެންޓީނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355