twitterviber whatsapp telegramfacebookyoutube instagram
29th March 2024

21 ވަނަ ގަރުނުގެ އެންމެ ރަނގަޅު ވޯލްޑްކަޕަކަށް ގަތަރު ވޯލްޑްކަޕް!

މުޙައްމަދު އަހުމަދު
Dec 28, 2022

ބީބީސީ ސްޕޯޓް ޕޯލްއިން ހުޅުވާލި ވޯޓުގެ 78 އިންސައްތަ ތާއީދާއެކު 21 ވަނަ ގަރުނުގެ އެންމެ މޮޅު ވޯލްޑްކަޕަކަށް ގަތަރު ވޯލްޑްކަޕް 2022 ހޮވިއްޖެ އެވެ.

ބީބީސީ ސްޕޯޓް ޕޯލްއިން ދެއްކި ގޮތުގައި ގަތަރު ވޯލްޑްކަޕަށް 78 އިންސައްތަ ތާއީދާއެކު އެއްވަނަ ލިބުނުއިރު ދެވަނައަށް ދިޔައީ 6 އިންސައްތަ ވޯޓާއެކު 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެއާގައި އޮތް ވޯލްޑްކަޕެވެ.

5 އިންސައްތަ ވޯޓާއެކު ބްރެޒިލްގައި 2014 ވަނަ އަހަރު ވޯލްޑްކަޕް 3 ވަނައަށް ދިޔައިރު 4 ވަނައަށް ދިޔައީ 4 އިންސައްތަ ވޯޓާއެކު 2006 ގައި ޖަރުމަނުގައި އޮތް ވޯލްޑްކަޕާއި 2018 ގައި ރަޝިއާގައި އޮތް ވޯލްޑްކަޕެވެ.

2010 ވަނަ އަހަރު ސައުތް އެފްރިކާގައި އޮތް ވޯލްޑްކަޕަށް ލިބުނީ 3 އިންސައްތަ ތާއީދެވެ. މިފަހަރުގެ ގަތަރު ވޯލްޑްކަޕް ހިއްލާލާފައިވަނީ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ އާޖެންޓީނާ އެވެ.

އާޖެންޓީނާއިން ތަށި ހިއްލާލީ ލުސައިލް ދަނޑުގައި ޕެނަލްޓީ ޖަހައިގެން ޑިފެންޑިން ޗެމްޕިއަން ފްރާންސް ބަލިކޮށެވެ. ކުދި ޓީމުތަކުން ބޮޑެތި ޓީމުތައް ސިއްސުވާލުމާއި ލަނޑުތަކާ ފަހަތުން އަރާ ހޯދި ކާމިޔާބީތަކުން ފާހަގަކޮށްލުވުނު ގަތަރު ވޯލްޑްކަޕަކީ މެދުއިރުމަތީގައި ބޭއްވުނު ފުރަތަމަ ވޯލްޑްކަޕް ވެސްމެ އެވެ.

މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ފައިނަލް ހޯސްޓްކުރުމުގެ އިތުރުން ގަތަރު ވޯލްޑްކަޕުން ގިނަ ހާއްސަ ކަންތައްތަކެއް ފެނުނެވެ. އެގޮތުން ގާނާ ކޮޅަށް ޖެހި ޕެނަލްޓީއާއެކު ފަސް ވޯލްޑްކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ޕޯޗުގަލް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނެވެ. އަދި ސްޕެއިނުން 7 - 0 ން ކޮސްޓަ ރިކާ ބަލިކުރިއިރު ސްޕެއިންގެ ގަވީ ވެގެން ގޮސްފައިވަނީ 2004 ވަނަ އަހަރު އުފަންވި އަދި ވޯލްޑްކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355