twitterviber whatsapp telegramfacebookyoutube instagram
15th November 2026

މެސީގެ 100 ވަނަ ލަނޑު، އާޖެންޓީނާއަށް ފަސޭހަ މޮޅެއް

މުޙައްމަދު އަހުމަދު
Mar 29, 2023

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޖޯޒީގައި ޖަހައިދިން 100 ވަނަ ލަނޑާއެކު ކުރަސާއޯ އަތުން ބޮޑު މޮޅެއް އާޖެންޓީނާއިން ހޯދައިފި އެވެ.

ސަންޓިއާގޯ ޑެލް އެސްޓެރޯގައި ރޭ ކުޅުވުނު އެކުވެރި ކަމުގެ މެޗުގައި އާޖެންޓީނާއިން ކުރަސާއޯ ބަލިކުރީ 7 - 0 ންނެވެ. މެސީގެ ހެޓްރިކެއް ފެނިގެންދިޔައިރު މިއީ މެސީގެ 7 ވަނަ ބައިނަލްއަގްވާމީ ހެޓްރިކްކަން ފާހަގަކޮށްލެވެ އެވެ.

މިމެޗުގެ ކުރިން 42000 މީހުންގެ ކުރިމަތީގައި އާޖެންޓީނާއިން ވަނީ ވޯލްޑްކަޕުގެ ތަށި ދައްކާލާފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ވޯލްޑްކަޕްގެ ފައިނަލުގައި ފްރާންސް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފަހުން މިއީ އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު 2 ވަނަ މެޗެވެ.

މެސީ ވަނީ މިދިޔަ ހަފްތާ ޕެނަމާ 2 - 0 ން ބަލިކުރި މެޗުގައި އޭނާގެ ކެރިއަރުގެ 800 ވަނަ ލަނޑު ކާމިޔާބުކޮށް އާޖެންޓީނާއަށް ޖުމްލަ 99 ވަނަ ލަނޑު ޖަހައިދީފަ އެވެ. އެހެންނަމަވެސް ރޭގެ މެޗަށްފަހު އާޖެންޓީނާގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 102 އަށް އަރާފަ އެވެ.

ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި މެސީ އާޖެންޓީނާއަށް ލީޑު ނަގައިދިންއިރު 36 މިނެޓުތެރޭ އިތުރު ދެގޯލާއެކު މެސީ ވަނީ ހެޓްރިކް ހަދާފަ އެވެ. އާޖެންޓީނާގެ އަނެއް ހަތަރު ލަނޑު ޖަހައިދިނީ ނިކޮލަސް ގޮންޒާލޭޒްއާއި ގޮންޒާލޯ މޮންޓިއެލް އަދި އެންހެލް ޑި މާރިއާ އަދި އެންޒޯ ފަނާންޑޭޒް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293