twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެކުނު ކޮރެއާއިން ޕޯޗުގަލް ބަލިކުރުމުން އުރުގުއޭ ކަޓައިފި، ކޮރެއާއާއި ޕޯޗުގަލް އަނެއް ބުރަށް

މުޙައްމަދު އަހުމަދު
Dec 2, 2022

ފީފާ ވޯލްޑް ކަޕުގައި ރޭ ފަހުވަގުތު ޖެހި ލަނޑުން ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

މިރޭ ޕޯޗުގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު 2 - 1 ން ކޮރެއާއިން ކާމިޔާބުކުރިއިރު ގްރޫޕުގެ އަނެއް މެޗުގައި ގާނާއާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 2 - 0 ން އުރުގުއޭ މޮޅުވެގެންނެވެ.

ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓާއެކު އެވެ. އަދި ދެކުނު ކޮރެއާ ދެވަނަ ބުރަށް ދަތުރުކުރީ 4 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި އެވެ. އުރުގުއޭއަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުން ބަލާއިރު ވެސް ދެޓީމު އެއްވަރެވެ. އެހެންކަމުން ކޮރެއާއަށް ކުރި ލިބެނީ ޖެހި ގޯލުގެ އަދަދަށް ބަލައިގެންނެވެ.

ގްރޫޕުގެ ފުލުގައި އޮތް ގާނާއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލުން ލީޑު ނެގި އެވެ. ރިކާޑޯ ހޯޓާގެ ލަނޑުން 5 ވަނަ މިނެޓުގައި ޕޯޗުގަލުން ލީޑު ނެގި އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިމް ޔަންގް ގްވޮން ވަނީ ކޮރެއާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ޕޯޗުގަލުން ކުޅުނު ނަމަވެސް ދެޓީމަށް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނީ އެއްވަރަކަށެވެ.

ރަނގަަޅު ފުރުސަތުތަކެއް ޕޯޗުގަލްއަށް ވެސް ލިބުނުއިރު ކާމިޔާބުވާ ގޮތެއް ނުވި އެވެ. ލީޑު ނެގުމަށް ކޮރެއާއިން ކުރަމުން އައި މަސައްކަތް ހާސިލްވީ 91 ވަނަ މިނެޓުގައި ހްވަންގް ހީ ޗަން ވައްދާލި ގޯލާއެކު އެވެ.

ރޭގެ އަނެއް މެޗުގައި އުރުގުއޭއިން ގާނާގެ މައްޗަށް ކުރިހޯދީ 2 - 0 ންނެވެ. މެޗުގައި ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު އުރުގުއޭއިން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ޖަހާ މެޗު ޑޮމިނޭޓްކޮށްފަ އެވެ.

އުރުގުއޭގެ ދެލަނޑު ވެސް ޖަހައިދިނީ ޖިއޮޖިއާން ޑި އަރަސްކައޭޓާ އެވެ. އެލަނޑުތައް ޖެހުމުގެ ކުރިން އަދި ފަހުން ވެސް ގާނާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މިރޭ ދަންވަރު ވެސް ދެމެޗެއް ކުޅެވޭނެ އެވެ. މިރޭގެ މެޗުތަކުން ގްރޫޕް ސްޓޭޖް ނިމޭނެ އެވެ. މިރޭ 12 ޖަހާއިރު ކެމަރޫނާއި ބްރެޒިލް ބައްދަލުކުރާއިރު ފަހު މެޗުގައި ސްވިޒަލޭންޑުން ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355