twitterviber whatsapp telegramfacebookyoutube instagram
7th February 2026

ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފް މޮރޮކޯއަށް

މުޙައްމަދު އަހުމަދު
Dec 10, 2022

ފީފާ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލް ކަޓުވާލާ ވޯލްޑް ކަޕެއްގެ ސެމީން ޖާގަ ހޯދި ފުރަތަމަ އެފްރިކާގެ ޓީމުގެ ޝަރަފު މޮރޮކޯއިން ހޯދައިފި އެވެ.

މިރޭ ކުޅެވުނު ފޯރިގަދަ ކުއާޓާ ފައިނަލުގައި މޮރޮކޯއިން ވަނީ 1 - 0 ގެ ހަނިތަފާތަކުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ކަޓުވާލާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ވޯލްޑް ކަޕުގެ ގަދަބާރުތައް ބަލިކޮށް މޮރޮކޯ ސެމީއާ ހަމައަށް ދަތުރުކުރިއިރު އެޓީމުގެ މިހައިރާން ކުރުވަނިވި ދަތުރުގައި އެޓީމުން ވަނީ ބެލްޖިއަމް ބަލިކޮށް ދެވަނަ ބުރުގައި ސްޕެއިން ވެސް ކަޓުވާލާފަ އެވެ. މޮރޮކޯގެ މިކާމިޔާބީއަކީ އެފްރިކާއަށް ނިސްބަތްވާ ގައުމަކުން ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެ އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ފުރުސަތުތަކެއް އުފެއްދި ނަމަވެސް ޕޯޗުގަލަށް ވަނީ ލަނޑެއް ކާމިޔާބުކުރެވޭ ގޮތްނުވެފަ އެވެ. މެޗުގައި މޮރޮކޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ 42 ވަނަ މިނެޓުގައި ޔޫސެފް އެންނެސްރީ އެވެ.

މިލަނޑާއެކު އެންނެސްރީ ވެގެން ގޮސްފައިވަނީ ޖުމްލަ 3 ލަނޑާއެކު އެގައުމުގެ ވޯލްޑްކަޕު ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އަދި މިރޭގެ ބައްޔާއެކު ޕޯޗުގަލް ކެޓިއިރު އެގައުމުން މީގެކުރިން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލެއްގައި ބަލިވެފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355