twitterviber whatsapp telegramfacebookyoutube instagram
16th May 2026

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުޅުދުއްފުށީގައި ހިނގާލުމެއް ބާއްވައިފި

އަބްދުލް ވާހިދު ޙަސަން
Dec 30, 2022
1

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިނިވަން ކުރަން ގޮވާލައި ކުޅުދުއްފުށީގައި ހިނގާލުމެއް ބާއްވައިފި އެވެ.

11 އަހަރަށް ޔާމީން ޖަލަށްލުމަށް ހުކުމުކޮށްފައިވަނީ އާރަށުގެ މައްސަލައިގައި މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުޅުދުއްފުށީގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ހިނގާލުމުގައި އެމަނިކުފާނަށް ތާއިދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.

ހިނގާލުމުގެ ބައިވެރިން ގޮވަމުން ގެންދިޔައީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ "ފާސިގުންގެ" ހެކިބަހުގެ މައްޗަށް އިއްވާފައިވާ ބާތިލު ހުކުމެއް ކަމަށެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމަށްވެސް ވަރަށް ބޮޑަށް އެއްވުމުގެ ބައިވެރިން ފާޑުކިޔެވެ.

މި ހިނގާލުމުގައި ޕީޕީއެމްގެ ދިދަ އާއި ގައުމީ ދިދަ ބޭނުންކޮށްފައިވާއިރު ޔާމީން މިނިވަންކުރަން ގޮވާލާ ލިޔެފައި ހުރި ޕޯސްޓަރުތަކާއި ސަރުކާރަށް ފާޑުކިޔާ ލިޔެފައިހުރި ޕޯސްޓަރުތައް ގެންގުޅުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355