twitterviber whatsapp telegramfacebookyoutube instagram
27th April 2024

މުސާރަ އާއި ރޯދަ އިނާޔަތްނުދޭތީ ފެނަކަ ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުން މުޒާހަރާގައި

އަބްދުލް ވާހިދު ޙަސަން
Mar 12, 2024
3

ކުޅުދުއްފުށީގައި އިމާރާތްކުރާ އާ އިންޖީނުގޭގެ މަސައްކަތްކުރާ ފެނަކަ މުވައްޒަފުންނަށް މިދިޔަ ފެބްރުއަރީމަހުގެ މުސާރައާ ރޯދަ އިނާޔަތް ނުދޭތީ އެ މުވައްޒަފުން އިހްތިޖާޖްކުރަން ފަށައިފި އެވެ.

އެ ސައިޓްގައި 52 މުވައްޒަފުން މަސައްކަތްކުރާއިރު މުސާރަ އާއި ރޯދަ އިނާޔާތް ނުލިބުމުގެ ސަބަބުން އެ އާއިލާތައް ވަނީ "ހާލުގައި" ޖެހިފަ އެވެ. އިހްތިޖާޖުކުރަމުންދަނީ ފެނަކަ ސައިޓް ކުރިމަތީގަ އެވެ.

ތަފާތު އެކި ޕޯސްޓަރުތައް ހިފައިގެން ތިބެ މުވައްޒަފުން ގޮވަމުންދަނީ އެ މީހުންނަށް ހައްގުވާ މުސާރަ އާއި ގާނޫނުން ލިބިދޭ ރޯދަ އެލަވަންސް ދިނުމަށެވެ. މި އިހްތިޖާޖުގައި ސައިޓްގައި މަސައްކަތްކުރާ ގިނަ އަދަދެއް މުވައްޒަފުން އަންނަނީ ބައިވެރިވަމުންނެވެ.

އެ މުވައްޒަފުން ބުނީ، ރާއްޖޭގެ އެހެން ރަށްތަކުގެ ފެނަކަ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އެލެވަންސް ބަރާބަރަށް ލިބެމުންދާއިރު ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ ސަބަބު ސާފުނުވާކަމަށެވެ.

ފެނަކަ ޕްރޮޖެކްޓް ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މުޅި ރާއްޖޭގައިވެސް މަސައްކަތްކުރަނީ މަހު މުސާރަ އުސޫލުން ކަމުގައިވިޔަސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުންގެ ދުވަހު މުސާރައިގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކޮށްފައިވާކަމަށް އެތަނުގެ މުވައްޒަފުން ކިޔައިދިނެވެ.

ކުޅުދުއްފުށީ ފެނަކަ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުން މީގެ ކުރިން އެކި ރަށްތަކުގައި ހިންގި ފެނަކަ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތުގައިވެސް ބޭނުންކުރި އެވެ. އެގޮތުން ހއ. ހދ އަދި ށ ގެ ރަށްތަކުގައި އާއި ކ އަތޮޅާއި އެންމެ ދެކުނުގެ ރަށްތަކަށްވެސް ފޮނުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355