twitterviber whatsapp telegramfacebookyoutube instagram
29th August 2026

1200 ކިލޯވޮޓްގެ އާ ޖެންސެޓް ކުޅުދުއްފުއްޓަށް ގެނެސްފި

ނަބީލާ އިސްމާޢީލް
Jul 14, 2026

ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަށް ރަނގަޅުކުރަން ބޭނުންވާ 1200 ކިލޯވޮޓްގެ އާ ޖެންސެތް ކުޅުދުއްފުއްޓަށް ގެނެސްފައިވާކަމަށް ފެނަކަ ކުޅުދުއްފުށީ ބުރާންޗުން ބުނެފި އެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޭނުންވާ 1،200 ކިލޯވޮޓުގެ އާ ޖެންސެޓެއް މިހާރު ވަނީ ކުޅުދުއްފުއްޓަށް ބާލާފަކަމަށެވެ.

އިތުރަށް ފެނަކައިން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 2024 އާއި 2026 ވަނަ އަހަރާ ދެމެދު ކުޅުދުއްފުއްޓަށް ގެންދިޔަ ފަސް ވަނަ ޖެންސެޓް ކަމަށް ވެސް ބުންޏެވެ.

އެ ޖެންސެޓް އިންސްޓޯލްކޮށް ނިމުމުން، ކުޅުދުއްފުށިގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355