twitterviber whatsapp telegramfacebookyoutube instagram
29th August 2026

އަހްނާ އިންޑޯ ޗެމްޕިއަންޝިޕަށް، ބައިނަލްއަގްވާމީ މައިދާނަށް އަލަށް!

މުޙައްމަދު އަހުމަދު
Dec 31, 2022

އަންނަ އަހަރު ކަޒަކިސްތާނުގައި އޮންނަ 10 ވަނަ އޭޝިއަން އިންޑޯ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭން ވާދަކުރާ އެތްލީޓުންގެ ތެރޭގައި ކުޅުދުއްފުށީގެ އަރަމުން އަންނަ އަންހެން ދުވުންތެރިޔާ އަހްނާ ނިޒާރު ހިމެނިއްޖެ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ން 13 އަށް ކުރިއަށްދާ އިންޑޯ ޗެމްޕިއަންޝިޕުގައި ރާއްޖޭން ވާދަކުރަނީ ދެ އެތްލީޓުންނެވެ. އެއީ އަހްނާގެ އިތުރުން މަަރިޔަމް ރޫޔާ އަލީ އެވެ.

29 ގައުމަކުން ވާދަކުރާ މިމުބާރާތަށް ރާއްޖޭން ދުވުންތެރިން ނެގީ ޓައިމް ޓްރަޔަލް ބާއްވައިގެންނެވެ. އަދި އެގޮތުން ޓައިމް ޓްރަޔަލްގައި ކުރި ހޯދާފައިވަނީ ގައުމީ ގްރޭންޑް ޕްރިކްސްގެ އެއްވަނަ އެތްލީޓު ރޫޔާއާއި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕުގެ އެއްވަނަ އެތްލީޓު އަހްނާ އެވެ.

މީގެކުރިން އަހްނާއަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ވާދަކުރުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ. އެހެންކަމުން މިއީ ބައިނަލްއަގްވާމީ ލެވެލްގައި އަހްނާގެ ފުރަތަމަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.

ރޫޔާގެ މީގެކުރިން ވެސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށްފައިވާއިރު ރޫޔާ އަކީ މާލޭ ޓްރެއިނިން ސެންޓަރުން ތަމްރީނުވަމުން އަންނަ ދުވުންތެރިޔެކެވެ. އަދި އަހްނާ ކުޅުދުއްފުށީ ޓްރެއިނިން ސެންޓަރުން ތަމްރީނުވަމުން އަންނަ އެތްލީޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355