ކުޅުދުއްފުށި ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕުގެ ރޯޑް ކިންގް އިވެންޓްގެ ޗެމްޕިއަންކަމާއެކު ކުޅުދުއްފުށީގެ ރައިޑަރު ޔާމިން އަބްދުއްރަހްމާން (ޔާއްޓު) ޖެހިޖެހިގެން ތިން މުބާރާތެއްގެ އޯޕަން އިވެންޓް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ކޭއެމްއެސްއިން ނިންމާލި ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕްގެ ރޯޑް ކިންގް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަތާނާ ރޭސިންގެ ޔާމިން އަބްދުއްރަހްމާން (ޔާއްޓު) އެވެ. ޔާއްޓު ވަނީ ރާއްޖޭގައި އެންމެފަހުން ބޭއްވި ދެ ޑްރެގް ރޭހުގެ ވެސް އޯޕަން އިވެންޓް ކާމިޔާބުކޮށްފަ އެވެ.
ޔާއްޓު ވަނީ ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަންގެ ރޯޑް ކިންގްކަމާއި (އޯޕަން އިވެންޓް) ރާސް ޗެމްޕިއަންޝިޕް ގްރޭންޑް ފައިނަލުގެ ރޯޑް ކިންގް ކަމާއި ކުޅުދުއްފުށި ޕްރޯ ސްޓްރީޓް ޑްރެގް ރޭހުގެ ރޯޑް ކިންގްކަން ނަގާފަ އެވެ.
57 ސިލިންޑާ އިވެންޓް (ފިރިހެން):
1. އަހްމަދު ރަޝީދު (ޑެޑް)
2. މުހައްމަދު އާދަމް (ސެޓޭ) (އޮރި މޮޓޯސް)
3. އައްސަދު ހަސަން (އެސްޑީ) (އާމަގު ރޭސިންގ)
57 ސިލިންޑާ އިވެންޓް (އަންހެން):
1. ޖުވައިރިޔާ މުހައްމަދު (ޖޫލީ) (އޮރި މޮޓޯސް)
2. ސަމާ މުހައްމަދު (ބީސްޓް ކްރޫ)
3. މަރިޔަމް މަނާލް އައްޔޫބް (މަލާން) (ދޮން އިބްރާހިމް ރޭސިންގ)
110 - 120 ސީސީ ޕްރޯ ޑްރެގް:
1. އަލީ ސިމާން ޖައުފަރު (ޕްރޮޖެކްޓް ބީ)
2. މާހިދު މުހައްމަދު (މާހީ) (ވަން ބްލަޑް ރޭސިންގ)
3. އަސްލަމް ޔަހްޔާ (ޕްރޮޖެކްޓް ބީ)
އޮޓޯ އޯޕަން އިވެންޓް:
1. ޖެފްރީ ލަފުއެންޓޭ (ޖެފް) (ދޮން އިބްރާހިމް ރޭސިންގ)
2. މާޖިދު މުހައްމަދު (މާޖި) (ވަން ބްލަޑް ރޭސިންގ)
3. އައްސަދު ހަސަން (އެސްޑީ) (އާމަގު ރޭސިންގ)
ވުމެން އޯޕަން އިވެންޓް (ރޯޑް ކުއީން):
1. ޖުވައިރިޔާ މުހައްމަދު (ޖޫލީ) (އޮރި މޮޓޯސް)
2. ނަރީމާ އަބްދުއްރަހްމާން (ނަރީ) (ޕްރޮޖެކްޓް ބީ)
3. ސަމާ މުހައްމަދު (ސަމާ) (ބީސްޓް ކްރޫ)
125 ސީސީ ޕްރޯ ޑްރެގް:
1. ޔާމިން އަބްދުއްރަހްމާން (ޔާއްޓު) (ބަތާނާ ރޭސިންގ ޓީމު)
2. ނާޖިހް (އެތޯ މިތޯ)
3. މުހައްމަދު ހުމާމް ނައީމް (ބީސްޓް ކްރޫ)
135 ސީސީ ޕްރޯ ޑްރެގް:
1. އިބްރާހިމް އަލީ (އިބީ) (ދޮން އިބްރާހިމް ރޭސިންގ ޓީމު)
2. ޔާމިން އަބްދުއްރަހްމާން (ޔާއްޓު) (ބަތާނާ ރޭސިންގ ޓީމު)
3. މުހައްމަދު ޒިދާން (ޒިއްދެ) (އޮރި މޮޓޯސް)
150 ސީސީ ޕްރޯ ޑްރެގް:
1. އަހްމަދު އާލިން (ބަތާނާ ރޭސިންގ ޓީމު)
2. ޔޫސުފް ޒިމާމް މުހައްމަދު (އެކްސްޓްރީމް އަންލީޝްޑް)
3. މުހައްމަދު ހަސަން (މޮޑެކްސް) (ބީސްޓް ކްރޫ)
ހެވީ ވެއިޓް ޑްރެގް ރޭސް:
1. ޖެފްރީ ލަފުއެންޓޭ (ޖެފް) (ދޮން އިބްރާހިމް ރޭސިންގ)
2. އަސްލަމް މުހައްމަދު (ލަމްބޯ) (ބަތާނާ ރޭސިންގ ޓީމު)
3. އައްޔޫބް އަހްމަދު ދީދީ (ބޫޔާ) (ޕްރޮޖެކްޓް ބީ)
ރޯޑް ކިންގް އިވެންޓް:
1. ޔާމިން އަބްދުއްރަހްމާން (ޔާއްޓު) (ބަތާނާ ރޭސިންގ ޓީމު)
2. އަހްމަދު އާލިން (ބަތާނާ ރޭސިންގ ޓީމު)
3. އިބްރާހިމް އަލީ (އިބީ) (ދޮން އިބްރާހިމް ރޭސިންގ ޓީމު)
އެންމެ މޮޅު މެކޭނިކް:
އަސްލަމް މުހައްމަދު (ލަމްބޯ) (ބަތާނާ ރޭސިންގ ޓީމު) - 15 މޮޅު
އިއްޔެ ހަވީރު ކުޅުދުއްފުށި ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. އަދި ކޭއެމްއެސްއިން ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.