twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންޑަރބޯން ކިންގަކަށް އޮރިޓޯ

މުޙައްމަދު އަހުމަދު
Dec 24, 2023

ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ބޭއްވި އަންޑަރބޯން ޗެމްޕިއަންޝިޕް 2023 ގެ ކިންގްކަން ޕްރޮޖެކްޓް ބީގެ ހުސެއިން އަހްމަދު (އޮރިޓޯ) ހޯދައިފި އެވެ.

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްދިޔަ އަންޑަރބޯން ޗެމްޕިއަންޝިޕުގައި 64 ރައިޑަރުން ވާދަކޮށްފައިވެ އެވެ. ގިނަ ކެޓަގަރީތަކަކާއެކު ކުރިއަށްގެންދިޔަ މިފަހަރުގެ ޑްރެގް ރޭސް ކުރިއަށްގޮސްފައިވަނީ ވަރަށް އަމާންކަމާ އޮމާންކަމާއެކު އެވެ. ފުރިހަމަ އިންތިޒާމުތަކަކާއެކު ކުރިއަށް ގެންދިޔަ މިއިވެންޓަކީ މިހާތަނަށް ކުޅުދުއްފުށީގައި ކޭއެމްއެސްއިން ބޭއްވި އެންމެ ފުރިހަމަ އެއް އިވެންޓެވެ.

މިމުބާރާތުގައި ރައިޑަރުން ވަނީ 9 ކެޓަގަރީއެއްގައި ވާދަކޮށް ކާމިޔާބީ ހޯދާފަ އެވެ. އެގޮތުން 65 ސިލިންޑާ އިވެންޓުގެ ފިރިހެން ބަޔަށް ބަލާލާއިރު މި ކެޓަގަރީން 3 ވަނަ އަށް ގޮސްފައިވަނީ ޕްރޮޖެކްޓް ބީގެ އޮރިޓޯ އެވެ. ދެވަނައަށް އޮރި މޮޓޯސްގެ ޗެއްޑި ދިޔައިރު 65 ސިލިންޑާގެ ކިންގަކީ ފެލްކަން މޮޓޯސްގެ ޖަޒް އެވެ.

65 ސިލިންޑާ އިވެންޓުގެ އަންހެން ބައިގެ ތިންވަނަ ހާސިލްކުރީ ޕްރޮޖެކްޓް ބީގެ އާމިނާބީ އެވެ. ދެވަނައަށް ބީސްޓް ކްރޫގެ ނިޔާ ދިޔައިރު އެއްވަނަ ހޯދީ ކޭއެމްއެސްގެ ކުއީން ޖޫލީ އެވެ. 50 - 120 ސީސީގެ ތިންވަނައަށް ދިޔައީ ބީސްޓް ކްރޫގެ ނިޔާ އެވެ. ދެވަނައަށް ބީސްޓް ކްރޫގެ ޖެރީ ދިޔައިރު ފަހުރުވެރި އެއްވަނަ ހާސިލް ކުރީ ބަތާނާ ރޭސިންގ ޓީމުގެ އަފޫ އެވެ.

125 ސީސީ ކެޓަގަރީން އެތޯ މިތޯގެ އަމީޒް 3 ވަނަ ހޯދިއިރު މިއިވެންޓުން ދެވަނައަށް ދިޔައީ ފްރީ ރައިޑާސްގެ ހުސެއިން އެވެ. އަދި 125 ކިންގަކަށް ހޮވުނީ ބަތާނާ ރޭސިންގ ޓީމުގެ ކުދި އެވެ. 135 ސީސީ ކެޓަގަރީއަށް ބަލާލާއިރު 3 ވަނަ ހޯދީ އޮރި މޮޓޯސްގެ ސާވީ އެވެ. ދެވަނަ އޮރި މޮޓޯސް ބޮނބިކޯ ހޯދިއިރު އެއްވަނަ ދިޔައީ ބަތާނާގެ ޔާއްޓު އެވެ.

150 ސީސީގެ ތިންވަނަ ބީސްޓް ކްރޫގެ އަނީޒްއަށް ލިބުނުއިރު ދެވަނަ ލިބިފައިވަނީ ހައިޕާ ޑްރެގް މޮޓޯސްގެ އަމާން އަށެވެ. އަދި މިކެޓަގަރީގެ ކިންގްގެ މަގާމު ހޯދީ ޕްރޮޖެކްޓް ބީގެ އޮރިޓޯ އެވެ. އޮޓޯ އޯޕަން ކެޓަގަރީ ވެސް ކުރިއަށް ގެންދިޔައިރު މި ކެޓަގަރީން ތިންވަނައަށް ދިޔައީ އޮރި މޮޓޯސްގެ ކުޑަ ރިއްޓެ އެވެ. ދެވަނައަށް ވިގަނި ރޭސިންގެ ރޯދި އެވެ. އަދި ކިންގަކަށް ހޮވުނީ ޕްރޮޖެކްޓް ބީގެ ސިމާން އެވެ.

85 ކިލޯއަށްވުރެ ބަރު ރައިޑަރުންނަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި ސޫމޯ ކެޓަގަރީގެ ތިންވަނައަށް ދިޔައީ އެކްސްޓްރީމް އަންލީޝްޑްގެ އާދަމް ހަސަން (ކަބްސް) އެވެ. އަދި ދެވަނަ ހޯދީ ޕްރޮޖެކްޓް ބީގެ ބިޖީ އެވެ.

ސޫމޯ ކިންގަކަށް ހޮވުނީ ބަތާނާ ރޭސިންގ ޓީމުގެ ލަމްބޯ އެވެ. އަދި މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު މެކޭނިކަކަށް ހޮވުނީ ބަތާނާ ރޭސިންގ ޓީމުގެ އީމާން އެވެ. އީމާންއަށް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ދެވަނައަށް ދިޔައީ ބިޖީ އެވެ. ބިޖީއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

އަންޑަރބޯން ކިންގް ހޮވުމަށް ބޭއްވި ޗެމްޕިއަން އިވެންޓުގެ 3 ވަނައަށް ގޮސްފައިވަނީ ބަތާނާ ރޭސިންގ ޓީމުގެ އާލިން އެވެ. ދެވަނައަށް ބީޑީ ރޭސިންގެ ހުމާމް ދިޔައިރު ކޭއެމްއެސްގެ 9 ވަނަ ޑްރެގް ރޭހުގެ އަދި މިފަހަރުގެ އަންޑަރބޯން ކިންގްގެ މަގާމު ހޯދާފައިވަނީ ޕްރޮޖެކްޓް ބީގެ ހުސެއިން އަހްމަދު (އޮރިޓޯ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355