twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޭއެމްއެސްގެ އަންޑަރބޯން ޗެމްޕިއަންޝިޕް 2023 ފޯރިއާއެކު ފަށައިފި

މުޙައްމަދު އަހުމަދު
Dec 22, 2023

ކުޅުދުއްފުށި މޮޓޯ ސްޕޯޓްސް (ކޭއެމްއެސް)އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ކޭއެމްއެސްގެ އަންޑަރބޯން ޗެމްޕިއަންޝިޕް 2023 މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ.

މި ހަފްތާ ބަންދުގައި ކުރިއަށްގެންދާ މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް އަހަރުގެ ފަހުކޮޅު ކޭއެމްއެސްއިން ރޭސިންގ އިވެންޓެއް ކުރިއަށްގެންދެ އެވެ. ކާމިޔާބުކަމާއެކު ކޮންމެ އިވެންޓެއް ވެސް ކޭއެމްއެސްއިން ނިންމާއިރު މިފަހަރުގެ އިވެންޓު ވެސް އަދި ދަނީ ވަރަށް ރީތިކޮށްނެވެ.

މިފަހަރުގެ ރޭހުގައި ވެސް ކޭއެމްއެސްއިން ވަނީ ގިނަ ކެޓަގަރީތަކެއް ހިމަނާފަ އެވެ. އަދި އޭގެ ތެރޭގައި އަންހެން އަދި ފިރިހެން އިވެންޓްތައް ވެސް ހިމެނޭހެން ކޭއެމްއެސްއިން މި ރޭސް ކުރިއަށްގެންދިޔުމަކީ މޮޓޯ ސްޕޯޓްސްއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިފަހަރުގެ ޗެމްޕިއަންޝިޕުގައި ހިމެނޭ ކެޓަގަރީތައް:
1. 50 ސީސީ - 120 ސީސީ :- (އަންހެން އަދި ފިރިހެން)
2. އޮޓޯ އޯޕަން (100 - 160 ސީސީ) :- (އަންހެން އަދި ފިރިހެން)
3. 65 ސިލިންޑާ އިވެންޓް (65އެމްއެމްގެ ޕިސްޓަން އަދި ފެކްޓަރީ މޭޑް ސްޓޮކް ޗެސިސް) :- (ހަމައެކަނި ފިރިހެން)
4. 65 ސިލިންޑާ އިވެންޓް (65އެމްއެމްގެ ޕިސްޓަން އަދި ފެކްޓަރީ މޭޑް ސްޓޮކް ޗެސިސް) :- (ހަމައެކަނި އަންހެން)
5. 125 ސީސީ :- (އަންހެން އަދި ފިރިހެން)
6. 135 ސީސީ :- (އަންހެން އަދި ފިރިހެން)
7. 155 ސީސީ :- (އަންހެން އަދި ފިރިހެން)
8. އަންޑަރބޯން ސުޕަރ އޯޕަން އިވެންޓް :- (50 - 155 ސީސީ) (އަންޑަރބޯން 2 ސްޓްރޯކް އަދި 4 ސްޓްރޯކް، މިސާލަކަށް: ޓޫޓީ، އޮޓޯ އަދި ސެމީ) (އަންހެން އަދި ފިރިހެން)
9. ސޫމޯ އޯޕަން އިވެންޓް :- (85 ކިލޯއަށް ވުރެ ބަރު ރައިޑަރުން - 50 - 155 ސީސީ - އޮޓޯ/މެނުއަލް)

މިއަހަރުގެ ކޭއެމްއެސް ޑްރެގް ރޭހަކީ ކޭއެމްއެސްއިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ 9 ވަނަ ޑްރެގް ރޭސްކަން ފާހަގަކޮށްލެވެ އެވެ. މިފަހަރުގެ ޑްރެގް ރޭސް ޓްރެކުގެ ދިގުމިނަކީ 201 މީޓަރެވެ. މިފަހަރުގެ މުބާރާތުގައި ވެސް އެންމެ މޮޅު މެކޭނިކް ހޮވާނެ އެވެ. މެކޭނިކް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލަކީ އެއްވަނައަށް 5 ޕޮއިންޓް، ދެވަނައަށް 3 ޕޮއިންޓް އަދި ތިންވަނައަށް 1 ޕޮއިންޓެވެ.

ޑްރެގު ރޭހުގެ ފުރަތަމަ އިވެންޓްތައް މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. އެގޮތުން 65 ސިލިންޑާގެ ފިރިހެން އިވެންޓްގެ ތިންވަނައަށް ޕްރޮޖެކްޓް ބީގެ ހުސެއިން އަހްމަދު (އޮރިޓޯ) ދިޔައިރު ދެވަނައަށް ގޮސްފައިވަނީ އޮރި މޮޓޯސްގެ އަލީ އަފްތީމް (ޗެއްޑި) އެވެ. އަދި މިކެޓަގަރީގެ ކިންގްކަން ހޯދީ ފެލްކަން މޮޓޯސްގެ މުހައްމަދު ޖަޒްލާން އަބްދުﷲ (ޖަޒް) އެވެ.

65 ސިލިންޑާގެ އަންހެން އިވެންޓްގެ ތިންވަނައަށް ގޮސްފައިވަނީ ޕްރޮޖެކްޓް ބީގެ އައިމިނަތު މޫސާ (އަމިނާބީ) އެވެ. ދެވަނައަށް ބީސްޓް ކްރޫގެ ނިޔާޝާ އަބްދު ރަޝީދު (ނިޔާ) ދިޔައިރު 65 ސިލިންޑާ އިވެންޓްގެ ކުއީންކަން ހޯދީ ޖުވެއިރިޔާ މުހައްމަދު (ޖޫލީ) އެވެ.

50 - 120 ސީސީ އިވެންޓްގެ ތިންވަނައަށް ދިޔައީ ބީސްޓްކްރޫގެ ނިޔާ އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ ބީސްޓް ކްރޫގެ މުހައްމަދު އިބްރާހިމް (ޖެރީ) އެވެ. މިއިވެންޓްގެ ކިންގަކީ ބަތާނާ ރޭސިންގ ޓީމުގެ އަފްލާހް ހަސަން (އަފޫ އައިރިސް) އެވެ.

މިއަދުގެ ފަހު ކެޓަގަރީގައި 125 ސީސީގައި ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެންދިޔައިރު މިއިވެންޓުގެ ތިންވަނަ ހޯދީ އެތޯމިތޯގެ އަހްމަދު އަމީޒް އަބްދުﷲ (މީޒް) އަދި ދެވަނައަށް ގޮސްފައިވަނީ ފްރީ ރައިޑާސްގެ ހުސެއިން އުމަރެވެ. އަދި މިއިވެންޓުގެ ކިންގްކަން ހޯދީ ގިނަ ދުވަސްތަކަކަށް ރޭސިންގ ޓްރެކަށް ނުކުތް ކުޅުދުއްފުށިން ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ރައިޑަރު ކަމަށްވާ ބަތާނާ ރޭސިންގ ޓީމުގެ މުހައްމަދު އަލީ (ކުދި) އެވެ.

މާދަމާ މިމުބާރާތުގެ ފަހު އިވެންޓްތައް ކުރިއަށްދާނެ އެވެ. މިމުބާރާތުގައި ދެން ބާކީ ހުރި އިވެންޓްތަކަކީ 1135 ސީސީއާއި 150 ސީސީގެ އިތުރުން އޮޓޯ އޯޕަން އިވެންޓާއި ސޫމޯ އިވެންޓް އަދި ޗެމްޕިއަން އިވެންޓް (އަންޑަރބޯން އޯޕަން އިވެންޓް) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355