twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޭއެމްއެސްއިން ކުޑަކުދިންގެ ހަވީރެއް، ރޭސިންގ ސައިކަލުތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތު!

މުޙައްމަދު އަހުމަދު
Jan 5, 2023
1

ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ރޭސިންގ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ. މިހަވީރު އޮންނާނީ މާދަމާ ހަވީރު އެވެ.

ދާދިފަހުން ނިމިގެންދިޔަ ކުޅުދުއްފުށި ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕުގައި ފެނިގެންދިޔަ ސައިކަލުތައް ދައްކާލާ މިހަވީރު އޮންނާނީ 6 ޖެނުއަރީވާ ހުކުރު ދުވަހުގެ ހަވީރު 4:45 ން 5:45 އަށް ކުޅުދުއްފުށި އެއާޕޯޓް ޕާކިން އޭރިއާ ސަރަހައްދުގައި އެވެ.

72 ބައިވެރިންނާއެކު މިދިޔަ ޑިސެމްބަރު މަހު 30 ން މިމަހު 1 އަށް ކުރިއަށްދިޔަ އިވެންޓްގައި ގިނަ ސައިކަލުތަކެއް ފެނިގެންގޮސްފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޑްރެގް އިވެންޓެވެ. މިއިވެންޓްގައި ބޭނުންކުރި ސައިކަލުތަކާއެކު ކުޑަކުދިންނަށް ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޭއެމްއެސްއިން ބުނެ އެވެ.

ނިމިދިޔަ ރޭހުގައި ގިނަ ޓީމުތަކަކުން ބައިވެރިވިއިރު އެޓީމުތައް މި ހަވީރުން ފެންނާނެކަމަށް ބެލެވެ އެވެ. އެއީ ޕްރޮޖެކްޓް ބީއާއި އެތޯ މިތޯ، ވިގަނި ރޭސިންގ، ބަތާނާ ރޭސިންގ ޓީމުގެ އިތުރުން ސްޓްރީޓް ކިންގް ރައިޑާސްއާއި ފެލްކަން މޮޓޯސް، އޮރި މޮޓޯސް، ޓީމް ރަންނަމާރިއަންސް، ދޮން އިބްރާހިމް ރޭސިންގ، ބީސްޓް ކްރޫ، އެކްސްޓްރީމް އަންލީޝްޑް، އާމަގު ރޭސިންގ އަދި މެގްމާ ރޭސިންގއާއި ވަން ބްލަޑް ރޭސިންގ ޓީމެވެ.

މިފަހަރު ބޭއްވި އިވެންޓްގައި ހެވީވެއިޓް ކެޓަގަރީއެއް ވެސް ފެނިގެންގޮސްފައިވެ އެވެ. ރާއްޖޭގެ ފުރަތަމަ ހެވީވެއިޓްގެ ކިންގްކަން ދޮން އިބްރާހިމް ރޭސިންގެ ޖެފްރީ ހޯދި ރޯޑް ކުއީންއަކަށް ހޮވުނީ އޮރި މޮޓޯސްގެ ޖޫލީ އެވެ. އަދި ރޯޑް ކިންގަކީ ބަތާނާ ރޭސިންގ ޓީމުގެ ޔާއްޓު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355