twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަލިފުށީ އެއާޕޯޓްގެ ޓާމިނަލްގެ ބިންގާ އަޅައިފި

ނަބީލާ އިސްމާޢީލް
Jan 6, 2023

ރ. އަލިފުށި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި އެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ރަށު ކައުންސިލުގެ ރައީސް އާދަމް އިމްރާނެވެ.

އެމްޓީސީސީން ބުނީ, އެއާޕޯޓް ޓާމިނަލް ނިމުމުން:

  • ވައިގެ ދަތުރުފަތުރުގެ އާ ޒަމާނަކަށް އަލިވިލިގެންދާނެ ކަމަށް
  • ވަޑާންކުރުމާއި ބޯޓުޔާޑުގެ ވިޔަފާރި ފުޅާވާނެ ކަމަށް
  • އިގުތިސާދު އާ މިސްރާބަކަށް ބަދަލުވާނެ ކަމަށް
  • އާ ރިސޯޓްތައް ހެދި ގެސްޓްހައުސް ވިޔަފާރި ފުޅާވާނެ ކަމަށް
  • އެއާޕޯޓުން ފުރައިގެން 20 އަކަށް މިނެޓް ތެރޭ ވާދޫ, ރަސްގެތީމު, އަނގޮޅިޓީމު އަދި ށ. ކޮމަންޑޫއަށް ދެވޭނެ ކަމަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން ސެޕްޓެމްބަރު 1, 2021ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ އަގުގެ ގޮތުންނާއި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ދަށުން އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ.

އެގޮތުން ޖުމުލަ 451.61 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކޮށްގެން ހިއްކާ ބިމެވެ.

ބާކީ 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް އެޅުމަށް ހިއްކާ ބިމެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރާނެ އެވެ.

އެއާޕޯޓް މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ, އޭޕްރަން އަދި ސާވިސް ރޯޑު ހެދުމާއި ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި އަލިފާން ނިއްވާ އާލާތްތައް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355