twitterviber whatsapp telegramfacebookyoutube instagram
9th September 2026

އާރުޓީއެލްގެ ލޯންޗެއް ކުރިނބީ ނެރަށް އުރި ގެއްލުންވެއްޖެ

އަބްދުލް ވާހިދު ޙަސަން
Dec 29, 2023

ހދ ކުރިނބީއަށް ވަންނަށް އުޅުމުގެ ތެރޭގައި ރާޅަކުން ޖަހައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލްގެ) ލޯންޗެއް އެރަށު ނެރަށް އުރި ގެއްލުންވެއްޖެ އެވެ.

މިއަދު ހަވީރު ކުޅުދުއްފުށިން ފުރައިގެން ހދ ކުރިނބީއަށް ދަތުރުކުރި އާރުޓީއެލް -105 ލޯންޗު ކުރިނބީ ނެރަށް އުރުނުއިރު އެ ލޯންޗުގައި ޖުމްލަ 34 މީހަކު ތިއްބެވެ. އެ ލޯންޗުގައި ކުރިނބީގެ އިތުރުން އެ ރޫޓްގައި ހިމެނޭ ނެއްލައިދޫ، އަދި ނައިވާދޫ ރައްޔިތުން ދަތުރުކުރި އެވެ.

މިކަމާ ގުޅިގެން އެމްޓީސީސީ ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. އެކަމަކު ލޯންޗަށް ގެއްލުންވެ ކުޅުދުއްފުއްޓަށް ވަނީ ގެނެސްފަ އެވެ.

ލޯންޗަށް ގެއްލުންވުމުން ކުރިނބީއަށް އޭގެ ދަތުރުކުރި އެންމެ ބޭލި އެވެ. އަދި އެހެން ރަށްތަކުގެ ދަތުރުވެރިން ރަށްތަކަށް ގެންދިޔައީ އާރުޓީއެލްގެ އެހެން ލޯންޗެއްގަ އެވެ.

އިރުވައި މޫސުމް ފެށިފައިވާއިރު ރަށުގެ އިރުމަތި ފަރާތުގައި ނެރު ކަނޑާގައި ހުންނަ ރަށްތަކަށް ވަދެ ނުކުމެ އުޅުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293