twitterviber whatsapp telegramfacebookyoutube instagram
10th August 2026

ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

ނަބީލާ އިސްމާޢީލް
Aug 9, 2026

މި މަހުގެ 5ވަނަ ދުވަހުގެ ރޭ އަޑިއަށް ދިޔަ "ފްރެންޑް 4" ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ބޭރުގެ ފަރާތްތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށް ފޮރުން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދޯނި އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިވަގުތު އެންމެ އިސްކަމެއް ދެނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތަށް. މިހާރު ކުރިއަށްދާ ސާޗް އޮޕަރޭޝަނަށާއި، އަޑިއަށްދިޔަ އުޅަނދާ ގުޅޭ ކަންކަމުގައި އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ބޭރުގެ ގައުމުތަކާއެކު ދަނީ މަޝްވަރާ ކުރެވެމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުން ގެންދާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.

މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު އަލީ ނާފިއު (33އ) އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު (39އ) އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ) އެވެ.

އެމްއެންޑީއެފުން އެންމެފަހުން ހާމަކުރި ގޮތުގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355