twitterviber whatsapp telegramfacebookyoutube instagram
28th June 2026

ކަނޑުގަދަވުމުން ބައެއް ރޫޓްތައް ކެންސަލްވާނެ: އެމްޓީސީސީ

ނަބީލާ އިސްމާޢީލް
Aug 13, 2024

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވުމާއެކު، އެމްޓީސީގެ ފެރީ އޮޕަރޭޓްކުރާ ބައެއް ރޫޓްތަކުގެ ދަތުރުތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމުގައި އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު މެސެޖެއްގައި ބުނީ މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހި، ވިލާގަނޑުގައި 45 މޭލާއި ހަމައަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާކަމަށާއި ދަތުރުކުރުމުގައި ސަމާލުވެ، ރައްކާތެރިކަމަށް އިލްތިމާސްކޮށްފައިވާކަމަށެވެ.

އެހެންކަމުން އެ އެމްޓީސީސީން ދެމުންދާ ފެރީގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކުގެ ފެރީތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމަށެވެ. ނަމަވެސް ފެރީތައް ކެންސަލް ކުރާނީ މޫސުންތަންދޭ މިންވަރަކުން ފެރީ ދަތުރުތައް އެއްކޮށް ކެންސަލް ނުކޮށްވޭތޯ މަސައްކަތްކުރާނެކަމަށް ކަމަށެވެ.

އެމްޓީސީސީން ބުނީ މޫސުމާގުޅިގެން ކެންސަލްވާ އާރުޓީއެލް ފެރީތަކުގެ ޓިކެޓް އެހެން ދުވަހަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355