twitterviber whatsapp telegramfacebookyoutube instagram
14th October 2025

'ޓެކްނިކަލް' މައްސަލަ ދިމާވެ އާރުޓީއެލް ޒޯން އެކެއްގެ ގިނަ ފެރީތައް މިއަދު ކެންސަލް

އަބްދުލް ވާހިދު ޙަސަން
Oct 14, 2025

ރާއްޖެ ޓްރާންސްޕޯޓް ލިންކް – އާރުޓީއެލް ޒޯން އެކެއްގެ ގިނަ ފެރީތައް މިއަދު ކެންސަލް ވެއްޖެ އެވެ.

އާރުޓީއެލް ޒޯން އެކެއްގެ ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ 6 ރޫޓެއް ދަތުރުތައް ކެންސަލްކޮށްފައިވާކަމަށް އާރުޓީއެލުން ރައްޔިތުންނަށް މައުލޫމާތުދިނުމަށް ހަދާފައިވާ ގުރޫޕުން އެނގެ އެވެ.

ދަތުރުތައް ކެންސަލްކޮށް އެ ގުރޫޕްގައި ލިޔެފައިވަނީ ދަތުރުތައް ކެންސަލްކުރީ ޓެކްނިކަލް މައްސަލައާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މިއަދު ކެންސަލްކުރި ރޫޓްތައް

# އިހަވަންދޫ – ކުޅުދުއްފުށި ރޫޓް (ހެނދުނާއި މެންދުރުފަހު)
# ނައިވާދޫ – ކުޅުދުއްފުށީ ރޫޓް ( ހެނދުނާއި މެންދުރުފަހު)
# ހަނިމާދޫ – ކުޅުދުއްފުށި ރޫޓް (ހެނދުނާއި ހަވީރު)
# ހިރިމަރަދޫ – ކުޅުދުއްފުށި ރޫޓް ( ހެނދުނާއި މެންދުރުފަހު)
# ކުޅުދުއްފުށި – ހަނިމާދޫ ރޫޓް (ހެނދުނުގެ ދަތުރުތައް)
# ކަނޑިތީމު – ފުނަދޫ ( ހެނދުނާއި މެންދުރުފަހުގެ ދަތުރުތައް)

ކޭއޯއާ ވާހަކަދެއްކި ބައެއް އާންމު ރައްޔިތުން ބުނީ، ދަތުރުތައް ކެންސަލްވުމުން، ހޮސްޕިޓަލް އެޕްއިންޓްމަންޓްތަކާއި ކުޅުދުއްފުއްޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ޓިކެޓް ނަގާފައިވާ ފަރާތްތަކާއި ވިޔަފާރި ދަތުރުތަކާއި އެހެނިހެން ދަތުރުތަކަށް ބުރޫ އެރި ކަމަށެވެ.

ފަހަކަށް އައިސް 'ޓެކްނިކަލް' މައްސަލަތައް ކުރިމަތިވާކަމަށް ބުނެ ގިނަ ދަތުރުތަކެއް ކޮންމެ ދުވަހަކުވެސް އަންނަނީ ކެންސަލްކޮށް ނުވަތަ ޑިލޭ ކުރަމުންކަން ފާހަގަކުރެވެ އެވެ.

ގިނަ އަދަދެއްގެ ފެރީތައް ކެންސަލްކުރި ސަބަބާ ގުޅޭ ގޮތުން އެމްޓީސީސީއާ ސުވާލުކުރުމުން އެފަރާތު ވަކި އެއްޗެއް ނުބުންޏެވެ.

މައުލޫމާތު އެނގޭ ސަރުކާރުގެ ބައެއް ފަރާތްތަކުން ކޭއޯއާ ވާހަކަދައްކަމުން ވިދާޅުވީ، ހދ ގެ ގިނަ ފެރީތައް މިއަދު ކެންސަލްކުރީ ށ އަތޮޅުގެ ފެރީތައް ކެންސަލްނުކުރަންވެގެން އެ ރޫޓަށް ބަދަލުކުރީމަ ކަމަށެވެ. އެހެން އެގޮތަށް ހެދީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ށ އަތޮޅަށް ވަޑައިގެން އުޅުއްވާތީކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355