twitterviber whatsapp telegramfacebookyoutube instagram
12th March 2026

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން ހަވާލުކޮށްފި

- އެހެންނަމަވެސް އިމާރާތުގެ އަގާއި މުއްދަތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ނަބީލާ އިސްމާޢީލް
Mar 12, 2026

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފެވެ.

އެހެންނަމަވެސް އިމާރާތުގެ އަގާއި މުއްދަތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެކެވެ. އެގޮތުން އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރާއި ބައެއް އެހެނިހެން ހިދުމަތް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އާ އިމާރާތެއް އެޅުމާއެކު އެތަނުގައި ކާޑިއެކް ސެންޓަރަކާއި އިތުރު އާ ހިދުމަތްތަކެއް ފަށާނެކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ ވަނީ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އއ. ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރުމަށް ވެސް ހަވާލު ކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355