twitterviber whatsapp telegramfacebookyoutube instagram
16th September 2025

އާ އޯޕީޑީގެ ހިދުމަތާއެކު ޑޮކްޓަރުން ބައްލަވާ އަދި މެމޯ ހައްދާ ގަޑިތަކަށް ބަދަލެއް

މުޙައްމަދު އަހުމަދު
Jan 23, 2023
2

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ އާ އޯޕީޑީގެ ހިދުމަތް ފެށުމާއެކު ޑޮކްޓަރުން ބައްލަވާ ގަޑި އަދި މެމޯ ހައްދާ ގަޑިތައް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު ކޭއާރުއެޗުން ނެރުނު އިއުލާނުގައިވާގޮތުން މާދަމާ (24 ޖެނުއަރީ 2023)ން ފެށިގެން ގަޑިތަކަށް ބަދަލު އަންނާނެ އެވެ.

ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުން ކުރިއަށް ދާނީ ހެނދުނު 8 ން ރޭގަނޑު 7 އަށެވެ. ނަމަވެސް އިމަރޖެންސީގައި ދެވޭ ފަރުވާ 24 ގަޑިއިރު ލިބޭނެ އެވެ.

މިބަދަލާއެކު ހާއްސަ ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:30 ން ހަވީރު 16:00 އަށެވެ. އަދި އާއްމު ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:00 ން ރޭގަނޑު 22:00 އަށެވެ.

މިބަދަލާއެކު ހާއްސަ ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:30 ން ހަވީރު 16:00 އަށެވެ. އަދި އާއްމު ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:00 ން ރޭގަނޑު 22:00 އަށެވެ.

ހެނދުނު ދަންފަޅީގައި ކިއު ނަމްބަރު ދޫކުރަން ފަށާނީ 6 ޖަހާއިރު އެވެ. އަދި މެންދުރު ދަންފަޅީގައި 12 ޖަހާއިރު އެވެ. މެމޯ ހައްދަން ހެނދުނު ދަންފަޅީގައި 8 ޖަހާއިރު ފަށާއިރު މެންދުރު ދަންފަޅި ފަށާނީ 12 ޖަހާއިރު އެވެ.

ކެންސަލް ކިއު ނަމްބަރު ދޫކުރަން ހެނދުނު ފަށާނީ 6 ންނެވެ. އަދި މެންދުރު ދަންފަޅީގައި 12 ޖަހާއިރު އެވެ. ކެންސަލް މެމޯ ހައްދަން ފަށާނީ ހެނދުނު ދަންފަޅީގައި 10:30 ގައި އަދި އަދި މެންދުރު ދަންފަޅީގައި 2 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355