twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފި

Jan 25, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފި އެވެ.

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕްއަކީ އެ ބޭންކްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތުގެ ތެރެއިން ތައާރަފުކުރި ސްކޮލާޝިޕެކެވެ.

މި ސްކޮލާޝިޕް ހުޅުވާލީ އެތުލީޓުންގެ ހުނަރު ކުރިއަރުވާ، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން:

  • މަރިޔަމް ރޫޔާ އަލީ ، އެތްލެޓިކްސް، ކިންގްސްޓަން، ޖެމައިކާ
  • މަރިޔަމް މިންހަލް ޝާމިން ، އެތްލެޓިކްސް ،ކިންގްސްޓަން، ޖެމައިކާ
  • މުޙައްމަދު ސާލިމް އަބްދުލް ސަމަދު، ބެޑްމިންޓަން، ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް
  • ޝުބާ މުޙައްމަދު ޝަރީފް، ބެޑްމިންޓަން، ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް
  • ފާތިމަތު ޖުމާނާ ނިމާލް، ޓޭބަލް ޓެނިސް، ޒަޤްރިބް، ކްރޯއޭޝިއާ
  • މޫސާ މުންސިފް އަޙްމަދު. ޓޭބަލް ޓެނިސް، ޒަޤްރިބް، ކްރޯއޭޝިއާ
  • ލަޔާން މުޙައްމަދު ޝާމިން، ޓެނިސް، ބާސެލޯނާ، ސްޕެއިން

މި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އާއި އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ބައިވެރިވި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ސްކޮލާޝިޕަށް ހުޅުވާލީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. ސްކޮލާޝިޕަށް އެތުލީޓުން ހޮވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355