twitterviber whatsapp telegramfacebookyoutube instagram
4th May 2024

ފަން ރަން ފެށެން 8 ދުވަސް، ތައްޔާރު ތަ؟

Apr 27, 2023

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ފަން ރަން ފެށެން މިހާރު އެންމެ 8 ދުވަހަށްވީ އެވެ. މިފެށޭ މެއިމަހުގެ ފަސްވަނަ ދުވަހު ކުޅުދުއްފުށީގައި ބާއްވާ މި ދުވުމަކީ ރާއްޖޭގައި ބާއްވާ އެންމެ މަޖާ ދުވުމެވެ.

ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭ މަޖާ ހަރަކާތްތަކެއް ހިމެނޭ މި ދުވުމަކީ 6 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކުރާ ދުވުމެކެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.

ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން އިންފްލޭޓަބަލް އޮބްސްޓޭކަލް އާއި ފެން އަދި ފޯމު ޖެހުމުގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އުރީދޫން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ދުވެފައި ނޫނީ ނަށަމުންވެސް ދުވުން ނިންމިދާނެ ކަަމަށެވެ.

ކޮންމެ އަހަރަކުވެސް ގިނަ ދުވުންތަކެއް ބާއްވާ ކުޅުދުއްފުށީގައި މިފަހަރުގެ ފަން ރަން ބާއްވާއިރު ގިނަ ބަޔަކު ބައިވެރިވާނެކަމާމެދު ޝައްކެއް ނުކުރަމެވެ. އާއިލާ އާއި ރަށްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި ދުވުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355