twitterviber whatsapp telegramfacebookyoutube instagram
30th May 2023

ބީއެމްއެލް އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ދުވާލަކު 230،000 އަށް ވުރެ ގިނަ މުއާމަލާތް

May 25, 2023

މިދިޔަ އަހަރު ތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ، 2015 ވަނަ އަހަރު ޒަމާނީ މޯބައިލް އެޕްލިކޭޝަން އަކާއެކު އާންމު ފަރުދުންނަށް އިންޓަނެޓް ބޭންކިންގ ތައާރަފް ކުރުން ވެގެންދިޔައީ ރާއްޖޭގައި ބޭންކިންގ ހިދުމަތް ބޭނުންކުރާ ގޮތަށް ބަދަލުގެނުވި ކަމަކަށް ކަމަށެވެ. އަދި ބޭންކިންގ ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް، ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ވަސީލަތަކަށް ހެދުމަށް ބީއެމްއެލް އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތުން މިއަދު، ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިންގ ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތެއް ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

"ބޭންކިންގ ހިދުމަތް ފުޅާކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލް އިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތްކަމީ 2022 ވަނަ އަހަރު 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ބީއެމްއެލްއާ ގުޅުނު މުހިންމު އެއް ސަބަބުވެސްމެ". ބީއެމްއެލް އިން ބުންޏެވެ.

އިންޓަރނެޓް ބޭންކިންގ ހިދުމަތް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރު ތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތްކޮށްފައެވެ. ދުވާލެއްގެ މައްޗަށް 2 މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިންގ ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ވަނީ 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައެވެ.

އޮންލައިން ބޭންކިންގ މަގުބޫލުވެފައިވީ ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު މިއަދު ބޭންކުގެ ހިދުމަތްތައް ފުޅާވެ، އޭޓީއެމްގެ ހިދުމަތަކީވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަސްޓަމަރުން ބަރޯސާވާ މުހިންމު ހިދުމަތެކެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ގާއިމްކޮށްފައިވަނީ 182 އޭޓީއެމްއެވެ. މީގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމްއެވެ. ފާއިތުވި އަހަރު ބީއެމްއެލްގެކަސްޓަމަރުން ވަނީ 14 މިލިއަނަށް ވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮން ކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 39،000 މުއާމަލާތެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355