twitterviber whatsapp telegramfacebookyoutube instagram
18th April 2024

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

May 31, 2023

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ. މި އެކަޑަމީ އަކީ 370 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ކުރިއަށް ގެންދާ ނެޓްބޯޅަ އެކަޑަމީ އެކެވެ.

މި ޕާޓްނަޝިޕް މެދުވެރިކޮށް ދިރާގުން ފިއޮންޓީ ނެޓްބޯލް އެކަޑަމީއާ ގުޅިގެން ކޮންމެ އަހަރަކު އިންތިޒާމްކޮށް ކުރިއަށްގެންދާ 'ނެޓްބޯލް ފިއެސްޓާ' ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިންގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށްވެސް އެ އެކަޑަމީއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ނެޓްބޯޅަ ކުރިއެރުވުމަށް އަމަލީގޮތުން އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ޕާޓްނަޝިޕް މެދުވެރިކޮށް އައު ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފެދި، މި ކުޅިވަރު އިތުރަށް ކުރިއަރާ ދިޔުން،" ނާޔާ ވިދާޅުވި އެވެ.

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ފައުންޑަރު އައިޝަތު ނާޒިމާ ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ފޯރުކޮށްދޭ އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

"މި ޕާޓްނަޝިޕް މެދުވެރިކޮށް ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް،" ނާޒިމާ ވިދާޅުވި އެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355