މޭޔަރު ވިދާޅުވީ، މިނިސްޓްރީން ގްރާންޓް ދިންކަމުގައިވިޔަސް ކުރިއަށްގެންދާނެ ހަރަކާތްތައް ނިންމީ ސިޓީ ކައުންސިލުން ކަމަށާއި އެގޮތުން ހަވާ އެރުވުމާއި ސްޓޭޖް ޝޯއެއް ކުރިއަށްގެންދަން ނިންމީ ސިޓީ ކައުންސިލުންކަމަށް.
މި އަހަރު މިނިވަންގެ ދުވަސް ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހަވާ އަރުވަން ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރަން މިނިސްޓްރީގެ ގްރާންޓް ލިބުނީ ވަރަށް ފަހުން ކަމަށާއި ކުރިއާލާ ގްރާންޓް ލިބުނު ނަމަ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވުނީސް ކަމަށެވެ.
މޭޔަރު ވިދާޅުވީ، މިނިސްޓްރީން ގްރާންޓް ދިންކަމުގައިވިޔަސް ކުރިއަށްގެންދާނެ ހަރަކާތްތައް ނިންމީ ސިޓީ ކައުންސިލުން ކަމަށާއި އެގޮތުން ހަވާ އެރުވުމާއި ސްޓޭޖް ޝޯއެއް ކުރިއަށްގެންދަން ނިންމީ ސިޓީ ކައުންސިލުން ކަމަށެވެ.
މޭޔަރު ވިދާޅުވީ، ސްޓޭޖް ޝޯއެއް ބާއްވަނީ އެކަން ބޭނުންވެގެން މިދިޔަ ބޮޑު އީދުގައި ގިނަ ރައްޔިތުންތަކެއް ފަރާތުން ލިބުނު ރިކްއެސްޓަށް ބަލާފަ ކަމަށާއި އެގޮތުން ސްޓޭޖް ޝޯ ކުރިއަށްގެންދަން ރާވާފައިވާނީ ރަށުގެ ބޮޑުބެރު ގުރޫޕަކަށް ފުރުސަތު ދީގެން ރަށުން ބޭރު ޑާންސް ގުރޫޕެއް ގެނެސްގެން ކަމަށެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު އަރުޝަދު އަޝްރަފް ވިދާޅުވީ މިނިވަންދުވަހާއި ގުޅިގެން މާލެސިޓީގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ހަވާއެރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ތިން އަހަރަށްފަހު ރާއްޖޭގައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރުމަށް ނިންމެވީ ރައީސް އޮފީހުން ކަމަށެވެ.
އަރުޝަދު އަސްރަފް ވިދާޅުވީ، އެގޮތުން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދާނެކަމަށެވެ. އަދި އެއަށްފަހު ހެނދުނު 10:00 ޖަހާއިރު މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
މިނިވަން އުފާގެ ނަމުގައި މާލޭގައި ބާއްވާ ޝޯއެއް ހެނދުނު 6 ން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަން ފާހަގަކުރައްވާ އަރުޝަދު ވިދާޅުވީ 26 ވަނަ ދުވަހުގެ ހާއްސަ ހުރިހާ ހަރަކާތެއް ޝޯގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ. މީގެއިތުރުން 27 ވަނަ ދުވަހުގެ ހަވީރު މާލޭގައި ޕެރޭޑް އޮންނާނެ ކަމަށާއި އަދި އެ ރޭ ފުޅަނދުބުރު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރުމަށް ނިންމާފައި ހަރަދު ކުޑަކުރުމަށް އެ ހަރަކާތްތައް ވަނީ ސަރުކާރުން ކެންސަލް ކޮށްފައެވެ.