twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީގެ ޒުވާން ކުޅުންތެރިޔަކު 19 އަހަރުންދަށުގެ ގައުމީ ޓީމަށް

މުޙައްމަދު އަހުމަދު
Sep 17, 2023
2

ކުޅުދުއްފުށީގެ ޒުވާން ކުޅުންތެރިޔަކު ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ދިވެހި ގައުމީ ޓީމުގައި ހިމެނި ރަށަށް ފަހުރުވެރި ނަމެއް ހޯދައިދީފި އެވެ. މިއީ ދިވެހި ގައުމީ ޓީމުގައި ކުޅުދުއްފުށީ ކުޅުންތެރިޔަކު ހިމެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

ޒުވާން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ މަތީން ބަޝީރު މިވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނި ފުރިހަމަ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. ބަޝީރު ސްޕޯޓްސް އެކަޑަމީން ތަމްރީނުވަމުން އަންނަ ޒުވާން ކުޅުންތެރިޔާ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ނެގިއިރު އަދި އޭނާގެ އުމުރުން 17 އަހަރެވެ. މިއީވެސް ފާހަގަކޮށްލެވޭ ކާމިޔާބީ އެކެވެ.

ރަށުން ތަމްރީނުވަމުން އައި ކުޅުންތެރިޔަކު ގައުމީ ޓީމުގައި ހިމެނުމަކީ ބަޝީރު ސްޕޯޓްސް އެކަޑަމީއާއި މުޅި ކުޅުދުއްފުއްޓަށް ވެސް ލިބިގެންދާނެ ފަހުރެކެވެ. ނޭޕާލްގައި މިމަހު 21 ން 30 އަށް އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ޓީމާއެކު މަތީން ވަނީ ނޭޕާލަށް ފުރަން ހަމަޖެހިފަ އެވެ.

މަތީން އަކީ ކުޅުދުއްފުށިން އަރަމުން އަންނަ ޒުވާން ތަރިއެކެވެ. އޭނާގެ ފަރާތުން ރަށު ފެންވަރުގައްޔާއި ސްކޫލް ފެންވަރުގައި ބާއްވާ މުބާރާތްތަކުން މޮޅު ކުޅުމެއް ފެންނަމުންދާއިރު އެންމެ ފަހުން ބޭއްވި ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ޒިގްޒެގަށް ކުޅުނު މަތީން ވަނީ ތަފާތު ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މިފަހަރުގެ ދިވެހި ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުން ވެސް މަތީން ފެނިގެންދާނެ އެވެ.

މިމުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ 23 ސެޕްޓެމްބަރުގައި ޕާކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 25 ވަނަ ދުވަހު ރާއްޖެއިން ނުކުންނަން ހަމަޖެހިފައިވަނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާ ދެކޮޅަށެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355